"ދިވެހި ސަރުކާރުން ރާއްޖޭގެ އަދުލުއިންސާފްގެ ނިޒާމް އިސްލާހް ކުރުމަށް، ކުރައްވާ މަސައްކަތަށް ތާއީދުކޮށް އިދިކޮޅު ފަރާތްތަކުގެ އަމަލުތަށް ކުއްވެރިކުރުން" ނަމުގައި މިއަދު ތިނަދޫ ކައުންސިލުން ނޫސް ބަޔާނެއް ނެރެފިއެވެ.
"ދިވެހިރާއްޖޭގެ ޢަދުލުއިންސާފުގެ ނިޒާމަކީ ވަކިބައެއްގެ މުށުތެރެއަށްލެވިފައިވާ ނިޒާމެއްކަމުގައި ރައްޔިތުންގެ ތެރޭގައި ވާހަކަދެކެވި ޝަރުޢީ ނިޒާމާއިމެދު ރައްޔިތުންގެ އިތުބާރު ގެއްލި ދިވެހިރައްޔިޔުންނަށް އިންސާފް ލިބުމަށް ހުރިމަގުތަށް ބަންދުވެ، ރާއްޖޭގައި ހިންގޭ ޝަރީޢަތްތަކަކީ ވަކިބަޔަކު ބޭނުންވާގޮތަށް ބުރަވެ ނިންމޭ ޝަރީއަތްތަކެއްކަމުގައި ރައްޔިތުންނަށް ގަބޫލުކުރެވޭހިސާބަށްދިޔުމުން، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނު އަސާސީން ލިބިދީފައިވާ ޤާނުނުއަސާސީ ޙިމާޔަތްކުރުމުގެ ބާރުގެ ބޭނުންކުރައްވައި ރާއްޖޭގެ އަދުލުއިންސާފުގެ ނިޒާމަކީ ރައްޔިތުންގެ މެދުގައި އިތުބާރު ލިބިފައިވާ ނިޒާމަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާމަސައްކަތަށް ތިނަދޫރައްޔިތުންގެ ފުރުހަމަ އެއްބާރުލުމާއި ތާއީދު އޮތްވާހަކަ ދަންނަވަމެވެ."، ނޫސް ބަޔާނުގައި ވެއެވެ.
އަދި ސަރުކާރުން އަދުލު އިންސާފު ހަމަ މަގަށް އެޅުމަށް ކުރައްވަމުން ގެންދަވާ މަސައްކަތައް ހުރަސް އަޅައި މިހާރު މާލޭގެ މަގުތަގައި އިދިކޮޅު ފަރާތްތަކުން ހިންގާ ލާ އިންސާނީ އަމަލުތައް ތިނަދު ކައުންސިލާއި އަދި ރައްޔިތުން ކުށްވެރި ކުރާ ކަމުގައިވެސް މި ނޫސް ބަޔާނުގައި ލިޔެފައި ވެއެވެ.
މީގެ އިތުރުން ދިވެހި ފުލުހުންނާއި ސިފައިން ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ދަމަހައްޓަވަން ކުރައްވަމުން ގެންދަވާ މަސައްކަތައް ސާބަސްދެއްވައި އެގޮތުގައި ދެމިތިބުމަށް ހިއްވަރު ދެއްވާފައިވެއެވެ.
މި ނުސް ބަޔާނުގައި ނައިބް ރައީސް ޑރ މުޙައްމަދު ވަޙީދު ޙަސަން މަނިކު މި ދޭތެރެއިން ސަރުކާރުގެ އަމަލުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅުދައްކަވާފައިވާތީ އެމަނިކުފާނުގ އެ އަމަލު ކައުންސިލުން ކުށްވެރިކުރާ ކަމަށްވެއެވެ. އަދި ޑރ. ވަހީދަކީ ތިނަދޫ އަށް ނިސްބަތްވާ ބޭފުޅަކަށް ވެހުރެ އެފަދަ އަމަލެއް ކުރީތީ ލަދުގަންނަ ކަމަށްވެސް ތިނަދޫ ކައުންސިލުން ނެރުނު ނޫސް ބަޔާނުގައި ވެއެވެ.
ތިރީގައި މިވަނީ މިއަދު ތިނަދޫ ކައުންސިލުން ނެރުނު ނޫސް ބަޔާން
