Tuesday, July 19, 2011

ހަވަރުތިނަދޫ ކިޔުނުގޮތާއި ތިނަދޫ ހަގުރާމަ

ލިޔުނީ: އަބްދުﷲ ޙިލްމީ:

ތިނަދޫގައި ހިނގާފައިވާ ކަންތައްތަކުގެ ތެރެއިން އެންމެ ދުވަސްވީ ކަމެއްގެ ގޮތުގައި އެނގެނީ އިސްލާމުންނާއި ކާފަރުން ތިނަދޫގައި ކުރި ހަނގުރާމައެއްގެ ވާހަކައެވެ.މި ހަންގުރާމައަކީ އައްސުލްތާނުލް ޣާޒީ މުޙަންމަދު ތަކުރުފާނުލް އަޢްޡަމް ސިރީސަވާދިއްތަ މަހާރަދުންގެ ރަސްކަމުގައި، މާލެއިން ބަޔަކު (ހަވަރު) ގޮސް ތިނަދޫގައި ކުރި ހަނގުރާމައެވެ. ތިނަދޫގެ ނަން ހަވަރު ތިނަދޫއަށް ބަދަލުވީ މިހަނގުރާމަ އާއި ގުޅިގެންނެވެ. އުތީމު ރަދުންގެ ރަސްކަމުގައި މާލޭގެ ހަވަރު ތިނަދޫއަށް ގޮސްކުރި ހަނގުރާމައިގައި ވަރަށް ގިނަ ލޭއޮހޮރުނު ކަމަށް ބުނެވެއެވެ. މާލޭ ހަވަރަކީ އެޒަމާނުގައި އޮންނަ ރަސްކަމުގެ ފަރާތުގެ ލަޝްކަރެވެ.

މިގައި ހިމެނެނީ ހަ ބައެކެވެ. އެއީ:-
ދޮށިމޭނާވަރު، ވެލާނާވަރު، ހަކުރާވަރު، މާފަތްވަރު، ދަހަރާވަރު، ފާމުލަދޭރިވަރު
ގދ ތިނަދޫ މަސްޖިދުލް ސުލްޠާން މުޙަންމަދު (ހުޑުކޮޑޭ މިސްކިތް) 1970ގެ އަހަރުތަކުގައި

ބައެއް މީހުން ބުނަނީ އުތީމު ރަދުން ރަސްކަމަށް އިސްވެ ވަޑައިގަތުމަށްފަހު ރާއްޖޭގެ ދެކުނަށް ކުރެއްވި ދަތުރުފުޅުގައި ތިނަދޫއަށް ވަޑައިގެންއިރު އެރަށުގައިތިބީ ޣައިރު ދީނުގެ ބައެއް ކަމަށެވެ. މިހެންކަމުން އެރަދުން އެމީހުންނާއި ވާހަކަފުޅު ދައްކަވައި އިސްލާމްދީނަށް ގޮވާލެއްވުމުން އެމީހުން އިސްލާމްވީ ކަމުގައެވެ. ކޮންމެއަކަސް ދެންވީ ގޮތެއްކަމަށް ބުނެއުޅެނީ އުތީމު ރަދުން ތިނަދޫއިން ފުރާވަޑައިގަތްތާ ދުވަސްކޮޅެއްފަހުން ތިނަދޫގައި ވިހާ ކުދިން މަރުވުމެވެ. މިކަންބޮޑުވެ ރަށުގެ މީހުން ހަދާނެ ގޮތެއްނޭގިގެން މިފިކުރުތެރޭ އުޅެނިކޮށް އޭރު މިހުންއުޅުނު ރަށެއްކަމުގައިވާ ރަހަދޫގައިއިން އަންހެނަކު ތިނަދޫގެ ކުދިން މަރުވާ ސަބަބަކީ ކުރިން އެމީހުން އުޅުނު ދީން ދޫކޮށްލީމާ ވާގޮތެއްކަމަށް ބުނުމުން އަނެއްކާ ތިނަދޫ މީހުން ޣައިރުދީނަށް ވަނީއެވެ. މި ޚަބަރު މާލޭގެ ރަސްކަމުގެ ފަރާތަށް ލިބިވަޑައިގަތުމުން ތިނަދޫ "މަގަށް" އެޅުއްވުމަށް ލަޝްކަރު ފޮނުއްވީއެވެ. މިލަޝްކަރު އައިސް ކުރި ހަނގުރާމައިގައި ލޭއޮހޮރި އެތައް ބަޔަކު މަރުވީކަމަށް ބުނެއުޅެއެވެ. އެމަރުވީ މީހުންގެ ގަބުރުތައް ކަމަށްބުނާ ގަބުރުތަކެއް ތިނަދޫ މަސްޖިދުލް ސުލްޠާން މުޙަންމަދާއި ދިމާލުން އެސަރަޙާއްދުގެ އުތުރު ފަރާތު ގޮނޑުދޮށް ގިރަމުންދާ ދުވަސްވަރުގައި ފެނިފައިވެއެވެ. މިހާރު މިތަނަކީ ތިނަދޫ އާއި މާފުއްޓާއި ދޭތެރެ ހިއްކުމުގައި މުޅިން ހިކިފައިވާ ތަނެކެވެ. މިތާނގައި ވަޅުލެވިފައިވާ ހުންނަ ގަބުރުތައް ހުންނަނީ އެގޮތް މިގޮތަށެވެ. ވަރަށް ބޮޑު ބިޔަމީހުންގެ ހަށިގަނޑުގެ ކަށިވެސް ހުރެއެވެ. އޭރު ތިނަދޫގައި ތިބޭ މުސްކުޅިންވެސް ބުނަނީ މިއީ އިސްލާމުންނާއި ކާފަރުންނާއި ކުރި ހަނގުރާމައިގައި މަރުވި މީހުންގެ ގަބުރުކަމަށެވެ.

ތިނަދޫގެ މިކަންކަމަށް ފަހު އެރަށުގެ ދަނޑުކޮޅާއި މެދުރުއްގަނޑާއި ބަރާސީލާއި ތިނަދޫ މާފުއްޓާއި ކޫއްޑޫ އާއި ކާޑެއްދޫއަކީ ވެސް މާލޭގެ ހަވަރަށް އޮންނަ ތަންތަންކަން ހަމަޖެހި ހަވަރުގެ ފަރާތުން މިތަންތަން ތިނަދޫގެ ރައްޔިތުންނަށް ވަރުވާއަށް ދޫކުރިއެވެ. މި ވަރުވާ ނަގައި މާލެ ފޮނުއްވުމަށް ތިނަދޫގައި ހަވަރުގެ ފަރާތުން ބޮޑު ބޭކަލަކު ބެހެއްޓިއެވެ. މީނާ އަކީ ތިނަދޫގެ ކަންކަމުގައި ވާރުވެރިއަކަށް އަންގަވާ ކޮންމެ މުޙިއްމު ކަމެއްގެ ކޮޕީވެސް މިބޭކަލަކަށް ފޮނުއްވާނެއެވެ. މި ބޭކަލަކު މަޝްހޫރުވެފައިވަނީ ތިނަދޫގެ ގޮއިވެރިޔާގެ ނަމުންނެވެ. މީނާގެ މުސާރައެއްގެ ގޮތުގައި ރަތަފަންދޫ ކަންނިގިލި ކޮޅާއި ބައެއް އެހެނިހެން އިނާޔަތްތައް ސަރުކާރުން ދެއްވާފައިވެއެވެ. މިދުވަސްވަރު ތިނަދޫގެ ވެރިންނަށް ފަތްކޮޅު ދެއްވަނީވެސް ހަވަރުގެ ފަރާތުންނެވެ. މިފަތްކޮޅަކީ "އަލިފު ފޮތްކޮޅު" ކިޔާ ފަތްކޮޅެކެވެ.

ތިނަދޫގެ ރައްޔިތުންގެ އަތުން އަހަރަކު އެއްފަހަރު މާލޭގެ ހަވަރަށް ދައްކަންޖެހޭ ތަކެތީގެ ތެރޭގައި 300 ބޮޑުވައްޓޭ ބޯޑި (ބޮޑު ފަތަފޮޅި ކުދެވަޓި (ވެށުން) 200 ކާޑެއްދޫ ކުނަލާއި ރަށުގެ ކޮންމެ ގެއަކުން ހުޅެވި ކުނަލަކާއި 16 ބުރި ވަކަލަކާއި 01 ގޮއި އޮޑީ ބޮއްލުރައަކާއި ރަށުގެ ކޮންމެ މީހެއްގެ އަތުން 02 ސަމްސާ ކާށިތެޔޮ (25 އަޑުބާ) އަދި ކޮންމެ މީހެއްގެ އަތުން ބޮއިކޮއްޓޭ ބޮލި ހިމެނެއެވެ.

ތިނަދޫއަކީ ހަވަރުގެ ރަށަކަށްވުމުން ރާއްޖޭގެ އެހެން ރަށްރަށާއި ޚިލާފަށް ޚާއްސަ ކަންތައްތަކެއް އެރަށަށް ހަމަޖެހުނެވެ. އޭގެ ތެރޭގައި އައްޑޫ މުލަކު އޮޑި ފަހަރު މާލެ އާއި ކޮޅުބަށް ދިއުމަށް މިއަތޮޅުގެ އެތެރެވަރިއަށް ވަދެގެން ކުރާ ދަތުރުތަކުގައި ކާނޑެއްދޫ ކަނޑުން ވަނުމާއެކު އޮޑިގެ މައިރިޔާ ނޫން ހުރިހާ ރިޔާ ތިރިކުރުމާއި ތިނަދޫ މީހުން ނޫން މީހުން ތިނަދޫ ތިނަދޫގައި ހުދުލިބާސް ލައިގެން އުޅުމާއި އަދި މަކަނަށް ފޮށާލައިގެން އުޅުމީ މަނާ ކަމެކެވެ. މީގެ އިތުރުން ރާއްޖޭގެ ރަށްރަށުގެ މީހުންނަށްޖެހޭ ބަންޑާރަ މަސައްކަތް ތިނަދޫ މީހުންނަށް ނުޖެހުމާއި ތިނަދޫގެ ވެރިޔަކަށް މީހަކު ވަގަށް ގޮވައިފިނަމަ އޭނާގެ އަތުން ދުރޯ ނެގުމުގެ އިތުރަށް ހަވަރަށްވެސް ދުރޯއެއް ނަގާނެއެވެ. ދުރޯއަކީ 25 ލާރިއެވެ.އެ ޒަމާނުގައި މިއީ ވަރަށްވެސް ބޮޑު އެއްޗެކެވެ.

މިހިގައި ދިޔަ ކަންތައްތަކަށް ބަލާލާއިރު އުފެދިދާނެ ސުވާލުތަކެއްވެސް އެބަހުއްޓެވެ. އެއީ ދިވެހިރާއްޖެ އިސްލާމްވީތާ އެތަކެއް އަހަރު ވީއިރުވެސް ތިނަދޫ އޮތީ ޣައިރު ދީނުގައި ބާވައެވެ. ނުވަތަ އިސްލާމްދީނުގައި އޮއްވާ ޕޯޗުގީޒުން ރާއްޖެ އަޅުވެތި ކުރުމާއި ގުޅިގެން އަނެއްކާވެސް ޣައިރު ދީނަށް އެބުރުނީ ބާވައެވެ. ޕޯޗުގީޒުންގެ އަނދިރި އަނދިރި އާއި ވިޔަޒޯރުފަދަ ވެރިޔަކު ނުވަތަ ބަޔަކު ދެކުނުގެ މިހިސާބުގައިވެސް އުޅުނީބާވައެވެ. އަދި ފުރެތިކާލުންގެ ބަޔަކު ތިނަދޫގައި ތިބެގެން މިހަނގުރާމައެއް މިކުރެވުނީ އެމީހުންނާއި ނުން ބާވައެވެ. މިކަހަލަ އެތައް ސުވާލުތަކެކެވެ. ބުނެވޭ ގޮތުގައި މާލެ ނުވަތަ ރާއްޖެ އިސްލާމްވީތާ އަހަރުތަކެއް ވީއިރުވެސް އެކަން ނުފޯރާ ބައެއް އަތޮޅު ރާއްޖޭގައި ހުރިކަމަށް ވެއެވެ.އެއީ އެޒަމާނުގައި މުވާސަލާތާއި ދަތުރުފަތުރުގެ ދަތިކަމާއި އަދިވެސް ބައެއް އެހެން ސަބަބުތަކެވެ.

މާލެއިން ހަވަރުފަދަ ލަޝްކަރީން ތިނަދޫއަށް ގޮސް މިހަނގުރާމަ ކުރިއިރު ތިނަދޫގައި ތިބި ކިތައް މީހުންތޯ ވިސްނައިލުން ހުއްޓެވެ. މީލާދީން 1853 ގައި ތިނަދޫގައި ލާޓް ދަގަނޑު ޖެހިއިރު ތިނަދޫގައި ތިބީ 500 ވަރަކަށް މީހުންނެވެ. މިމީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން މުސްކުޅިންނާއި ބަލިމީހުންވެސް ހިމެނެއެވެ. ވީމާ އޭގެ 260 ވަރަކަށް އަހަރު ކުރިން އުތީމު ރަދުންގެ ރަސްކަމުގައި ތިނަދޫގައި ތިބޭނީ ކިތައް މީހުން ބާވައެވެ. މިހެން ކަމާއެކު މިކުރެވުން ހަނގުރާމަ އާއި މެދު ބައެއް ފަރާތްތަކުން ދެކެނީ އުތީމުރަދުން ރަސްކަމަށް އިސްވެ ވަޑައިގަތްއިރު ޕޯޗުގިޒުންގެ ބަޔަކު ނުވަތަ ޣައިރު ދީން ފެތުރުމަށް އެބައިމީހުންގެ ފަރާތުގެ ބަޔަކު ރާއްޖޭގެ އެތަންމިތާނގައި އެމަސައްކަތް ކުރަމުން ގެންދިއުމަކީ ވެދާނެ ކަމެއް ކަމަށެވެ. އުތީމު ރަދުން ތިނަދޫއަށް ވަޑައިގަތްއިރު މިފަދަ ބަޔަކު އެރަށުގައި ނެތްކަމާއި އެބަޔަކު ތިނަދުއަށް އައީ އެރަދުން ފުރާވަޑައިގަތީމާ ކަމަށެވެ. މިހެންކަމުން މިހަނގުރާމައެއް މިކުރެވުނީ އެބައިމީހުންނާއި ކަމުގައެވެ. އަދި ރަހަދޫގައިއިން އަންހެނަކު ބުނާ ޔޯލަ ބަހަކަށް މިމަތިވެރި އިސްލާމްދީން ދޫކޮށްލާ ވަރަށްވުރެ އޭރު ތިބި މީހުންގެ އަޤީދާވެސް ވަރުގަދަވާނޭ ކަމަށެވެ. އުތީމު ރަދުން ރަސްކަމަށް އިސްވެ ވަޑައިގަތުމުގެ ގާތްގަޑަކަށް 96 އަހަރު ކުރިން ރާއްޖެއައި ބޭރުގެ ވިޔަފާރިއެއްގެ ލިޔުމުގައިވެސް ރާއްޖޭގެ މީހުންނަކީ ޞިއްޙަތު ރަގަޅު އަދަބުވެރި އަދި އަރަބީންގެ ދީނުގައި ތިބި ބައެއް ކަމަށް ލިޔެފައި ވެއެވެ. މީނާ 6 މަސް ދުވަހު ރާއްޖޭގައި ހުއްޓެވެ. މީނާގެ ނަމަކީ ހިޔަރަނި މޯޑިސާންޓާ ސްޓެފާނޯއެވެ. މިވާހަކަ ކުރީގެ "ހުވަދޫ އަތޮޅު" މިފޮތުގައި ވެއެވެ.

27 ޖޫން 1979 ގައި އޭރުގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ތިނަދޫ ރައްޔިތުންނާއި މުޙާތަބްކުރައްވައި ވާހަކަފުޅު ދައްކަވަމުން ތިނަދޫގެ ނަމުން ހަވަރު ރަސްމީގޮތުން ވަކިކުރައްވާފައިވެއެވެ.

10 comments:

Anonymous said...

Intrestin one hassan, sure ur dad have lot of these historical articals,... keep publishin.....

Anonymous said...

this is very informative.so it is still possible to see corpses north to hutukodey miskei. is there any compiled book about 'Thinadhu'. I never heard about a book named 'huvadu atholu'even. where can we get that book. any idea.

thoriq said...

thank you hilmybe. adhi mikahale thareekhee vaahaka vidhe liyedheehen. mikahale ketheke kaike hunne ahannan nuegene dhey. varan mauloomaathe lebune varan maja article eke.

Nadhira said...

hilmybe athuga aailaa thah liyefa in fothe in habaru libunu. mikama behey mauloomaathu libidhaane tha? dhen hilmybe kairy bunelan othy hilmybe athuga huri mikahala mauloomaathu thah avahah ehen meehunna fenna goi hadhaa dheyshey. miee varah muhimmu maulkoomaathu thakeh.

Edmonde said...

varah furihama mauloomaathukolheh.

Anonymous said...

Very informative n very interesting..'Thinadhoo in meehun beyli vaahaka' ves thankolheh detail koh fothehgge sifaigai fennaanne namaey hithah araa!!

A relative said...

Dear Hilmy Beybe,

This is a great article. I like to read information on Thinadhoo and people. Could you please find information and write an article on your great grandfather (your mother' side). I know he used to be a great person. You can even write an article and if you have a photo of him please publish the photo too. He is my great grandfather too.Would love to read about him.
Keep writing.
Thanks

Hasan Abdulla Hilmy on August 7, 2011 2:03 PM said...

message passed :)

Anonymous said...

nice article.... but "haguraama" in thanuga hus nooneh inaane.... proof read befor u publish....

Anonymous said...

great article! very informative.. i need such general knowledge in my database too

Post a Comment

ތިޔަބޭފުޅުންގެ ޙިޔާލު ދެއްވާ... ޙިޔާލު ދެއްވާ އިރުގައި ދިވެހި ބަހުން ދެއްވުން އެދެވިގެންވެއެވެ. އަދި ނަން ހާމަކޮށްލެއްވުންވެސް ރަނގަޅުވާނެއެވެ. ޝުކުރިއްޔާ! - ހަވަރުއޮންލައިން ޓީމް

ސިޔާސީ ޚަބަރު

އިތުރު ލިޔުންތައް

މުޖުތަމަޢު

އިތުރު ލިޔުންތައް

ކުޅިވަރު

އިތުރު ލިޔުންތައް

ތާރީޙުގެތެރެއިން

އިތުރު ލިޔުންތައް
 
HavaruOnline Copyright © 2009 CHOCO | Editor: Hassan Abdulla