Thursday, November 26, 2009

މާވަޑިޔާ ކެރިއަރ އެކްސްޕޯ 2009 ކާމިޔާބު ކަމާއިއެކު ނިންމާލައިފި


ޒުވާނުންނަށް ކުރިއަށްދާން ހުރި ފުރުޞަތުތައް ދައްކާލުމުގެ މަޤުސަދުގައި ޗޮކޯއިން ރާވައިގެން ކުރިއަށްގެންދިޔަ "މާވަޑިޔާ ކެރިއަރ އެކްސްޕޯ 2009" ކާމިޔަބުކަމާއިއެކު ނިންމާލާފިއެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުން ކިޔެވެން ހުރި ފުރުޞަތުތަކާއި ރާއްޖޭގައި ހުރި ވަޒީފާގެ ފުރުޞަތުތައް ދައްކާލެވުނު މި ފެއަރއަށް ގައިގަޑަކަށް ދެހާސް ފައްސަތޭކަ އެންހާ މީހުން ޒިޔާރަތް ކުރިކަމުގައި ޗޮކޯއިން މަޢުލޫމާތުދެއްވައެވެ


 ގއ ކޮލަމާފުށީ ސްކައި ޖަމިއްޔާއިން އިސްނަގައިގެން އެރަށުގެ ގިނައަދެއްގެ ޒުވާނުންވެސް ވަނީ މި ފެއަރއަށް ޒިޔާރަތްކުރުމުގެ ފުރުޞަތު ހޯދައިދީފައެވެ. މީގެ އިތުރުން ހުވަދުއަތޮޅުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ވޯކް މޯލްޑިވެސް" ގައި ބައިވެރިވެ ވަޑައިގަންނަވާ ބައިވެރިންވެސް މި ފެއަރއަށް ޒިޔާރަތް ކުރެއްވިއެވެ.



 ގދ ތިނަދޫގައި ބޮޑު ތަރުޙީބެއް ލިބިގެންދިޔަ މި ފެއަރ އިންތިޒާމްކުރި ޗޮކޯއިން މަޢުލޫމާތުދެއްވަނީ މިހާހިސާބުން މިކަންތައް ނިންމާލެވެން ނެތްކަމުގައެވެ. "އިރާދަ ކުރެއްވިއަޔާ މާވަޑިޔާ ކެރިއަރ އެކްސްޕޯ 2010 މިއަށްވުރެން ފުރިހަމަޔަށް އަދި މިޔައްވުރެން ގިނަ ބައިވެރިންތަކަކާއި އެކު އަންނަ އަހަރު ބާއްވާނަން. އަދި ޒުވަނުންނަށް ވަޒީފާއާއި ކިޔަވަންހުރި ފުރުޞަތުތައް މިއަށްވުރެން ފުޅާ ދާއިރާއެއްގައި ދައްކާލެވޭނެކަމަށް އުންމީދުކުރަން" ޗޮކޯގެ ޗެއަރޕާސަން އަލްފާޟިލް ސަރުވަޝް އާދަމް ވިދާޅުވިއެވެ.


 މިފަދަ ބޮޑުއިވެންޓެއް ނިމިގެންދާއިރު މިކަމުގައި އެހީތެރިވެދިން ފަރާތްތައް ޗޮކޯއިން ފާހަގަކުރެއްވިއެވެ. އެގޮތުން މެއިން ސްޕޮންސާ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން، ކޯ ސްޕޮންސާ ދިރާގު، މީޑިޔާ ޕާޓްނާސް މޯލްޑިވެސް ނޭޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން އަދި ހަވީރަށް ޗޮކޯއިން ޝުކުދެންނެވިއެވެ.



 މީގެ އިތުރުން މިކަންތައް ކާމިޔަބު ވުމުގައި ތިނަދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަލްފާޟިލް މުޙައްމަދު ޤަސަމް އަދި މަޑަވެލީ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަލްފާޟިލް މުޙައްމަދު ނާޡިމްގެ އެހީތެރިކަން ޗޮކޯއިން ވަރަށްބޮޑަށް ފާހަގަކުރެއްވިއެވެ. އަދި މަތިދެކުނު ޕްރޮވިންސް އޮފީހާއި ގދ އަތޮޅު އޮފީހާއި ގދ ތިނަދު އޮފީހުގެ އިތުރުން ތިނަދޫ ރީޖަނަލް ހޮސްޕިޓަލްގެ އެއްބާރުލެއްވުން ޗޮކޯއިން ފާހަގަ ކުރެއްވިއެވެ.



 އެންމެ ޙާއްސަ ޝުކުރެއް ރައްދުވަނީ މިފެއަރގައި ބައިވެރިވެވަޑައިގަތް ފަރާތްތައް ކަމުގައި ވިދާޅުވަމުން ޗޮކޯއިން ހާމަކުރީ މިފެއަރއަށް ޒިޔާރަތްކުރެއްވި ހުރިހާ ފަރާތަކަށް ހިތުގެ އެންމް ފުށްމިނުން ޝުކުރު ދަންނަވާކަމުގައެވެ. އަދި ޗޮކޯއިން މިފަދަ ޙަރަކާތެއް ބޭއްވުމުގައި އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް ޗޮކޯއިން ޝުކުރުދަންނަވައެވެ.

މި ޙަރަކާތުގެ ސަބަބުން މުޖުތަމައަށް ވަރަށްވެސް އެދެވޭ ހެޔޮބަދަލުތަކެއް އަންނާނެ ކަމުގައި ޗޮކޯއިން ހާމަކުރިއެވެ. އަދި މިޙަރަކާތް ކާމިޔާބު ކަމާއިއެކު ގެންދިޔުމުގައި ޙަރަކާތްތެރިވި ޗޮކޯގެ މެމްބަރުންނާއި ވޮލަންޓިޔަރުންނަށް ހަވަރުއޮންލައިން ޓީމުގެ ނަމުގައިއާއި ތިނަދޫގެ ރައްޔިތުންގެ ނަމުގައި މަރުޙަބާ ދަންނަވަމެވެ.

1 comments:

Anonymous said...

Wish CHOCO's a very BRIGHT future on all the path's you take on :)

Post a Comment

ތިޔަބޭފުޅުންގެ ޙިޔާލު ދެއްވާ... ޙިޔާލު ދެއްވާ އިރުގައި ދިވެހި ބަހުން ދެއްވުން އެދެވިގެންވެއެވެ. އަދި ނަން ހާމަކޮށްލެއްވުންވެސް ރަނގަޅުވާނެއެވެ. ޝުކުރިއްޔާ! - ހަވަރުއޮންލައިން ޓީމް

ސިޔާސީ ޚަބަރު

އިތުރު ލިޔުންތައް

މުޖުތަމަޢު

އިތުރު ލިޔުންތައް

ކުޅިވަރު

އިތުރު ލިޔުންތައް

ތާރީޙުގެތެރެއިން

އިތުރު ލިޔުންތައް
 
HavaruOnline Copyright © 2009 CHOCO | Editor: Hassan Abdulla