Wednesday, November 25, 2009

މާވަޑިޔާ ކެރިއަރ އެކްސްޕޯ 2009 މިއަދު ހުޅުވައިފި


ޗޮކޯއިން ރާވައިގެން ޒުވާނުންނަށް އެމީހުންގެ ކުރިމަގު ބަށްޓަންކުރާނެ ރަގަޅު ފުރުސަތުތަކެއް ހޯދައިދިނުމުގެ މަޤުސަދުގައި ވަޒީފާއާއި ކިޔަވަންހުރި ފުރުސަތުތައް ދައްކާލުމުގެގޮތުން ކުރިއަށްގެންދާ "މާވަޑިޔާ ކެރިއަރ އެކްސްޕޯ 2009" ވަނީ މިއަދު ހުޅުވާފައެެވެ. މިއަދު ގދ ތިނަދޫ އަބޫބަކުރު ސްކޫލުގައި މި ފެއަރ ހުޅުވައިދެއްވީ މަތިދެކުނު ޕްރޮވިންސްގެ އެޑިއުކޭޝަން ޔުނިޓުގެ ސްޕްރިންޑެންޓް އޮފް އެޑިއުކޭޝަން އަލްފާޞިލް މުޙައްމަދު ޝަކީލެވެ. ބޭރު ގައުމުތަކުގެ ޔުނިވާސިޓީތަކާއި ރާއްޖޭގެ މަޝްޙޫރު ކޮލެޖްތަކާއި އިންސްޓިޓިއުޓްތަކުން ބައިވެރިވި މިފެއަރ އަކީ ތާރީޙީ ފެއަރއެއްކަމަޝާއި މިއަދަކީ ތިނަދޫގެ ތާރީޙުން ފާހަގަކޮށްލެވޭނެ ދުވަހެއްކަމުގައި މިފެއަރ ހުޅުވައިދެއްވަމުން ޝަކީލު ވިދާޅުވިއެެވެ.


ވަޒީފާގެ ފުރުސަތުތަކާއި މަތީ ތަޢުލީމުގެ ފުރުސަތުތަކާއި ބެހޭ މަޢްލޫމާތު ހުވަދޫ އަތޮޅުގެ ޒުވާނުންނަސް ފޯރުކޮށްދިނުމަށާއި އަތޮޅާއި ރަށުގައި ތިބެގެން މިކަހަލަ އެކްސްޕޯއަކަށް ޒިޔާރަތްކޮށް މަޢްލޫމާތު ހޯދުމުގެ ފުރުސަތު ހޯދައިދިނުމަށާއި ވަޒީފާ ދެއްވައި ފަރާތްތަކާއި ތަޢްލީމްގެ ފުރުސަތުތައް ދެއްވައި ފަރާތްތަކަށް ޒުވާނުންގެ ބޭނުންތައް އަންގައިދިނުމަށް ކުރިއަށްގެންދާ މި ފެއަރއަށް ހީވެސްނުކުރާވަރުގެ ތަރުހީބެއް ލިބެންދާކަމުގައި ޗޮކޯއިން ހާމަކުރިއެވެ.


ދެދުވަހުގެ މުއްދަތަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މިފެއަރ މިއަދު ގާތްގަޑަކަށް ހާހެންހާ މީހުން ޒިޔާރަތްކުރިކަމަށް ޗޮކޯއިން މަޤުލޫމާތު ދެއްވައެވެ. އަދި މާދަމާ މިފެއަރ އަށް މި ޕްރޮވިންސްގެ އެހެން ރަށްރަށުން ޒިޔާރަތްކުރަށްވާނެކަމުގައި ޗޮކޯއިން މަޢުލޫމާތުދެއްވައެވެ.


ޒުވަނުންނަށް ހުރި ވަޒީފާއާއި ކިޔެވުމުގެ ފުރުސަތުތަށް ދައްކުވައިދޭ މިފެއަރގައި ރާއްޖެގެ މަޝްޙޫރު ކޯޕަރޭޝަންތައް ކަމަށްވާ ސްޓޭޓް ޓްރޭޑީން އޯގަނައިޒޭޝަން، ދިރާގު، މޯލްޑިވެސް ނޭޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން، މޯލްޑިވެސް ޕޮލިސް ސާވިސަސް، ބޮޗް ނެޓްވޯކް، ޑިވާމޯލްޑިވެސް، ރޮބިންސަންސްގެ އިތުރުން މެލޭޝިޔާގެ ޔުނިވާސިޓީއެއްކަމަށްވާ ހެލްޕް ޔުނިވާސިޓީ ކޮލެޖް އާއި ސްރީ ލަންކާގެ އައި.ސީ.ބީ.ޓީ ވެސް ބައިވެރިވެއެވެ. އަދި މޯލްދިވެސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަނާއި، މަންދު ކޮލެޖް، ވިލާ ކޮލެޖް، ބޮޗް ޕްލޭސްމެންޓް ސެންޓަރ، އައި. ބީ. އެސް، ފޯކަސް އެޑިއުކޭޝަން ސެންޓަރ ގެ އިތުރުން މާލޭ ފިޓްނެސް ކްލަބާއި ތިނަދޫ ރީޖަނަލް ހޮސްޕިޓަލުންވެސް މިފެއަރގައި މަޢުލޫމާތުދެއްވުމުގައި ބައިވެރިވިއެވެ. މީގެ އިތުރުން ޗޮކޯ، ހޭންޑް އަދި ހޯޑެއްދޫ އެސޯސިއޭޝަން ފޯ ޑިވެލޮޕްމެންޓް އަދި ޒޯން ސްޓޭޑިއަމް 7 ވެސް މިފެއަރގައި ބައިވެރިވެއެވެ.

1 comments:

HassAAn on November 25, 2009 10:17 PM said...

great..

Post a Comment

ތިޔަބޭފުޅުންގެ ޙިޔާލު ދެއްވާ... ޙިޔާލު ދެއްވާ އިރުގައި ދިވެހި ބަހުން ދެއްވުން އެދެވިގެންވެއެވެ. އަދި ނަން ހާމަކޮށްލެއްވުންވެސް ރަނގަޅުވާނެއެވެ. ޝުކުރިއްޔާ! - ހަވަރުއޮންލައިން ޓީމް

ސިޔާސީ ޚަބަރު

އިތުރު ލިޔުންތައް

މުޖުތަމަޢު

އިތުރު ލިޔުންތައް

ކުޅިވަރު

އިތުރު ލިޔުންތައް

ތާރީޙުގެތެރެއިން

އިތުރު ލިޔުންތައް
 
HavaruOnline Copyright © 2009 CHOCO | Editor: Hassan Abdulla