ގއ ކޮލަމާފުށީ ސޮސައިޓީ އޮފް ކޮލަމާފުށީ ޔޫތު (ސްކައި) ޖަމިއްޔާއިން އިންތިޒާމްކޮށްގެން ގދ ތިނަދޫ ޗޮކޯޖަމިއްޔާ ގުޅިގެން ގް ކޮލަމާފުށީގައި ގުދުރަތީ ހަތް އަޖާއިބަށް ވާދަކުރާ ތަންތަނުގެ ތރެރޭގައި ދިވެހިރާއްޖެ ހިމެނޭތީ ދިވެހިރާއްޖެއަށް ވޯޓް އިތުރުކުރުމުގެ ގޮތުން ޙާއްސަ ކެމްޕޭނެއް ކުރިއަށް އެބަގެންދެއެވެ. މިޙަރަކާތުގެ މައިގަޑު މަޤުސަދަކީ ރާއްޖެއަށް ވޯޓު ހޯދުމުގެ އިތުރުން ކޮލަމާފުށީގެ ރައްޔިތުން ދިވެހިރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ހޭލުންތެރިކުރުމާއި މިހާރު ދިވެހިރާއްޖާގައި ހަލުވިކަމާއިއެކު ފެތުރެމުންދާ "އޫރު ރޯގާ" ނުވަތަ ސްވައިންފުލޫއާއި ބެހޭ ތަފާތު މަޢުލޫމާތު ފޯރުކޮށްދިނުމެވެ.
ސްކައި އާއި ޗޮކޯގުޅިގެން ހިންގޭ މިފުރަތަމަ ޙަރަކާތް ފެށުނީ މިއަދު ހަވީރު ކޮލަމާފުށީ ބޯޅަދަނޑުގައި ފެށުނު ޙާއްސަ ކުޑަކުދިންގެ ހަވީރަކާއިއެކުގައެވެ. މި ހަވީރުގައި ކުޑަކުދިން ޝައުގުވެރިވާ ގިނަކަންތައްތަކެއް ހިމެނެއެވެ. އަދި މި ހަވީރުގައި ގުދުރަތީ ހަތް އަޖާއިބަށް ދިވެހިރާއްޖެއަށް ވޯޓު ދިނުމާއި ސްވައިން ފުލޫއާއިބެހޭ ތަފާތު މަޤުލޫމާތު ދެވޭނެއެވެ. މިޙަރަކާތުގައި ދެންކުރިއަށް އޮތީ މިރޭ ކޮލަމާފުށީ ބޯޅަދަޑުގައި ކުރިއަށްދާނެ ސްޓޭޖް ޗޯއެކެވެ. މިޝޯ ހިގާވަގުތުގައިވެސް ގުދުރަތީ ހަތް އަޖާއިބަށް ދިހެވިރާއްޖެއަށް ވޯޓްދިނުމާއި ތިމާވެއްޓާއިބެހޭ ތަފާތު މަޢުލޫމާތުގެ އިތުރުން ސްވައިން ފުލޫއާއިބެހޭ މަޢުލޫމާތު ފޯރުކޮށްދޭނެއެވެ.
ގއ ކޮލަމަފުށީ ސްކައި ޖަމިއްޔާއާއި ގދ ތިނަދު ޗޮކޯ ޖަމިއްޔާއާއި ގުޅިގެން ކުރިއަށްގެންދާ މިޙަރަކާތުގެ ސަބަބުން ކޮލަމާފުށީގެ ގިނައަދަދެއްގެ ރައްޔިތުންނަށް އަމިއްލަ ގައުމަށް ރީތިނަމެއްހޯދުމުގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މީގެ އިތުރުން ތިމާވެއްޓާއިބެހޭ ތަފާތު މަޢުލޫމާތާއި ސްވައިން ފުލޫއާއިބެހޭ މަޢުލޫމާތު ލިބިގެންދާނެއެވެ.
1 comments:
Saabahey SKY, saabahey CHOCO. Eid mubarik!
Post a Comment
ތިޔަބޭފުޅުންގެ ޙިޔާލު ދެއްވާ... ޙިޔާލު ދެއްވާ އިރުގައި ދިވެހި ބަހުން ދެއްވުން އެދެވިގެންވެއެވެ. އަދި ނަން ހާމަކޮށްލެއްވުންވެސް ރަނގަޅުވާނެއެވެ. ޝުކުރިއްޔާ! - ހަވަރުއޮންލައިން ޓީމް