Tuesday, December 1, 2009

ސްވައިން ފުލޫއިން ރައްކާތެރިވުމަށް ތިނަދޫ ރީޖަނަލް ހޮސްޕިޓަލުން ޙާއްސަ ޚަރަކާތްތަކެއް ފަށްޓަނީ


ނޭވާލުމުގެ ނިޒާމަށްޖެހޭ ނުރައްކާތެރި ބައްޔެއްކަމަށްވާ އޫރުރޯގާ ނުވަތަ ސްވައިންފުލޫ އިން ރައްކާތެރިވުމަށް ތިނަދޫ ރީޖަނަލް ހޮސްޕިޓަލުން އަތޮޅު ފެންވަރުގެ ޙާއްސަ ޙަރަކާތްތަކެއް ހިންގުމަށް ތައްޔާރުވަމުން އެބަގެންދެއެވެ. މިގޮތުން އަތޮޅުގެ ރަށްރަށުގެ މަދަނީ ޖަމުޢިއްޔާ ޖަމާޢަތްތަކާއި އެހެނިހެން ކޮމިޓީތަކާއި ގުޅިގެން މި ނުރައްކާތެރި ބައްޔަށް ހޭލުންތެރިކުރުމުގެ ޙަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ތިނަދޫ ރީޖަނަލް ހޮސްޕިޓަލުން މަޢުލޫމާތުދެއްވައެވެ. އަދި މިޙަރަކާތްތަކުގައި ކުދި ބޮޑު އެންމެންގެ އެހީތެރިކަން ބޭނުންވާނެ ކަމުގައި ތިނަދޫ ރީޖަނަލް ހޮސްޕިޓަލުން އެދިލެއްވިއެވެ.

 މީހާރު މިބަލިން ރައްކާތެރިވުމަށް ލަފާދޭ އަދި އިމަޖެންސީގައި އެހީތެރިވެދޭނެ ޙާއްސަ ކޮމިޓީއެއްވެސް ވަނީ އައްޔަން ކުރެވިފައެވެ. މިބަލި ރާއްޖޭގައި މިބަލީގެ ލެވެލް ހަތަރެއްގައި ވުމާއި އެކު މިހާރު ކުރެން އޮތީ މިބަލި ފެތުރޭ މިންވަރު ކުޑަކުރުންކަމުގައި ހެލްތު މިނިސްޓްރީންވެސް ވިދާޅުވިއެވެ. އެގޮތުން އެންމެ އިސްކަމެއްދެއްވަނީ މި ބައްޔާއި ބެހޭގޮތުން އާންމުން ހޭލުންތެރިކުރުވުމަށެވެ.

މި ބައްޔަކީ ނޭވާލުމުގެ ނިޒާމަށް ވައިރަސް އެއްކަމަށްވާ "އެޗް 1 އެން 1" ގެ ސަބަބުން ޖެހޭ ނުރައްކާތެރި ބައްޔެކެވެ. މިބަލިން ސަލާމަތްވުމަށް އަބަދުވެސް ސާފްތާހިރުވުމާއި ގިނަގިނައިން އަތް ދޮންނެވުމަށް ސިއްޚީ މާހިރުން އިރުޝާދުދެއްވައެވެ. އަދި މީހުން ގިނައިން އެއްވެ އުޅޭ ތަންތަނަށް ނުދިއުމާއި ބަލިމީހެއް އުޅޭތަނަކަށް ކޮންމެހެން ދާން ނުޖެހޭނަމަ ނުދިއުމަކީ މިބަލިން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކެކެވެ. އަދި ބައްޔާއި ބެހޭ މާޢުލޫމާތު އަބަދުވެސް ހޯދުމާއި މި ބައްޔާއިބެހޭގޮތުން ހެލުންތެރިވެ އަދި އެހެން މީހުން ހޭލުންތެރިކުރުވުމަކީ މި ބަލިން ރައްކާތެރިވުމަށް ކުރެވިދަނެ ކަންތަކެވެ.

0 comments:

Post a Comment

ތިޔަބޭފުޅުންގެ ޙިޔާލު ދެއްވާ... ޙިޔާލު ދެއްވާ އިރުގައި ދިވެހި ބަހުން ދެއްވުން އެދެވިގެންވެއެވެ. އަދި ނަން ހާމަކޮށްލެއްވުންވެސް ރަނގަޅުވާނެއެވެ. ޝުކުރިއްޔާ! - ހަވަރުއޮންލައިން ޓީމް

ސިޔާސީ ޚަބަރު

އިތުރު ލިޔުންތައް

މުޖުތަމަޢު

އިތުރު ލިޔުންތައް

ކުޅިވަރު

އިތުރު ލިޔުންތައް

ތާރީޙުގެތެރެއިން

އިތުރު ލިޔުންތައް
 
HavaruOnline Copyright © 2009 CHOCO | Editor: Hassan Abdulla