ގއ ކޮލަމާފުށީ ސޮސައިޓީ އޮފް ކޮލަމާފުށީ ޔޫތު (ސްކައި) ޖަމިއްޔާއިން އިންތިޒާމްކޮށްގެން ގދ ތިނަދޫ ޗޮކޯޖަމިއްޔާ ގުޅިގެން ގް ކޮލަމާފުށީގައި ގުދުރަތީ ހަތް އަޖާއިބަށް ވާދަކުރާ ތަންތަނުގެ ތރެރޭގައި ދިވެހިރާއްޖެ ހިމެނޭތީ ދިވެހިރާއްޖެއަށް ވޯޓް އިތުރުކުރުމުގެ ގޮތުން ޙާއްސަ ކެމްޕޭނެއް ކުރިއަށް އެބަގެންދެއެވެ. މިޙަރަކާތުގެ މައިގަޑު މަޤުސަދަކީ ރާއްޖެއަށް ވޯޓު ހޯދުމުގެ އިތުރުން ކޮލަމާފުށީގެ ރައްޔިތުން ދިވެހިރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ހޭލުންތެރިކުރުމާއި މިހާރު ދިވެހިރާއްޖާގައި ހަލުވިކަމާއިއެކު ފެތުރެމުންދާ "އޫރު ރޯގާ" ނުވަތަ ސްވައިންފުލޫއާއި ބެހޭ ތަފާތު މަޢުލޫމާތު ފޯރުކޮށްދިނުމެވެ.
Showing newest 4 of 10 posts from November 2009. Show older posts
Showing newest 4 of 10 posts from November 2009. Show older posts
ގއ ކޮލަމާފުށީ ސްކައި ޖަމިއްޔާއާއި ގދ ތިނަދު ޗޮކޯ ޖަމިއްޔާ ގުޅިގެން ގއ ކޮލަމާފުށިގައި ޙަރަކާތްތަކެއް ފަށްޓައިފި
މާވަޑިޔާ ކެރިއަރ އެކްސްޕޯ 2009 ކާމިޔާބު ކަމާއިއެކު ނިންމާލައިފި
ޒުވާނުންނަށް ކުރިއަށްދާން ހުރި ފުރުޞަތުތައް ދައްކާލުމުގެ މަޤުސަދުގައި ޗޮކޯއިން ރާވައިގެން ކުރިއަށްގެންދިޔަ "މާވަޑިޔާ ކެރިއަރ އެކްސްޕޯ 2009" ކާމިޔަބުކަމާއިއެކު ނިންމާލާފިއެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުން ކިޔެވެން ހުރި ފުރުޞަތުތަކާއި ރާއްޖޭގައި ހުރި ވަޒީފާގެ ފުރުޞަތުތައް ދައްކާލެވުނު މި ފެއަރއަށް ގައިގަޑަކަށް ދެހާސް ފައްސަތޭކަ އެންހާ މީހުން ޒިޔާރަތް ކުރިކަމުގައި ޗޮކޯއިން މަޢުލޫމާތުދެއްވައެވެ
މި ޙަރަކާތުގެ ސަބަބުން މުޖުތަމައަށް ވަރަށްވެސް އެދެވޭ ހެޔޮބަދަލުތަކެއް އަންނާނެ ކަމުގައި ޗޮކޯއިން ހާމަކުރިއެވެ. އަދި މިޙަރަކާތް ކާމިޔާބު ކަމާއިއެކު ގެންދިޔުމުގައި ޙަރަކާތްތެރިވި ޗޮކޯގެ މެމްބަރުންނާއި ވޮލަންޓިޔަރުންނަށް ހަވަރުއޮންލައިން ޓީމުގެ ނަމުގައިއާއި ތިނަދޫގެ ރައްޔިތުންގެ ނަމުގައި މަރުޙަބާ ދަންނަވަމެވެ.
މާވަޑިޔާ ކެރިއަރ އެކްސްޕޯ 2009 މިއަދު ހުޅުވައިފި
ޗޮކޯއިން ރާވައިގެން ޒުވާނުންނަށް އެމީހުންގެ ކުރިމަގު ބަށްޓަންކުރާނެ ރަގަޅު ފުރުސަތުތަކެއް ހޯދައިދިނުމުގެ މަޤުސަދުގައި ވަޒީފާއާއި ކިޔަވަންހުރި ފުރުސަތުތައް ދައްކާލުމުގެގޮތުން ކުރިއަށްގެންދާ "މާވަޑިޔާ ކެރިއަރ އެކްސްޕޯ 2009" ވަނީ މިއަދު ހުޅުވާފައެެވެ. މިއަދު ގދ ތިނަދޫ އަބޫބަކުރު ސްކޫލުގައި މި ފެއަރ ހުޅުވައިދެއްވީ މަތިދެކުނު ޕްރޮވިންސްގެ އެޑިއުކޭޝަން ޔުނިޓުގެ ސްޕްރިންޑެންޓް އޮފް އެޑިއުކޭޝަން އަލްފާޞިލް މުޙައްމަދު ޝަކީލެވެ. ބޭރު ގައުމުތަކުގެ ޔުނިވާސިޓީތަކާއި ރާއްޖޭގެ މަޝްޙޫރު ކޮލެޖްތަކާއި އިންސްޓިޓިއުޓްތަކުން ބައިވެރިވި މިފެއަރ އަކީ ތާރީޙީ ފެއަރއެއްކަމަޝާއި މިއަދަކީ ތިނަދޫގެ ތާރީޙުން ފާހަގަކޮށްލެވޭނެ ދުވަހެއްކަމުގައި މިފެއަރ ހުޅުވައިދެއްވަމުން ޝަކީލު ވިދާޅުވިއެެވެ.
ވަޒީފާގެ ފުރުސަތުތަކާއި މަތީ ތަޢުލީމުގެ ފުރުސަތުތަކާއި ބެހޭ މަޢްލޫމާތު ހުވަދޫ އަތޮޅުގެ ޒުވާނުންނަސް ފޯރުކޮށްދިނުމަށާއި އަތޮޅާއި ރަށުގައި ތިބެގެން މިކަހަލަ އެކްސްޕޯއަކަށް ޒިޔާރަތްކޮށް މަޢްލޫމާތު ހޯދުމުގެ ފުރުސަތު ހޯދައިދިނުމަށާއި ވަޒީފާ ދެއްވައި ފަރާތްތަކާއި ތަޢްލީމްގެ ފުރުސަތުތައް ދެއްވައި ފަރާތްތަކަށް ޒުވާނުންގެ ބޭނުންތައް އަންގައިދިނުމަށް ކުރިއަށްގެންދާ މި ފެއަރއަށް ހީވެސްނުކުރާވަރުގެ ތަރުހީބެއް ލިބެންދާކަމުގައި ޗޮކޯއިން ހާމަކުރިއެވެ.
ދެދުވަހުގެ މުއްދަތަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މިފެއަރ މިއަދު ގާތްގަޑަކަށް ހާހެންހާ މީހުން ޒިޔާރަތްކުރިކަމަށް ޗޮކޯއިން މަޤުލޫމާތު ދެއްވައެވެ. އަދި މާދަމާ މިފެއަރ އަށް މި ޕްރޮވިންސްގެ އެހެން ރަށްރަށުން ޒިޔާރަތްކުރަށްވާނެކަމުގައި ޗޮކޯއިން މަޢުލޫމާތުދެއްވައެވެ.
ޒުވަނުންނަށް ހުރި ވަޒީފާއާއި ކިޔެވުމުގެ ފުރުސަތުތަށް ދައްކުވައިދޭ މިފެއަރގައި ރާއްޖެގެ މަޝްޙޫރު ކޯޕަރޭޝަންތައް ކަމަށްވާ ސްޓޭޓް ޓްރޭޑީން އޯގަނައިޒޭޝަން، ދިރާގު، މޯލްޑިވެސް ނޭޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން، މޯލްޑިވެސް ޕޮލިސް ސާވިސަސް، ބޮޗް ނެޓްވޯކް، ޑިވާމޯލްޑިވެސް، ރޮބިންސަންސްގެ އިތުރުން މެލޭޝިޔާގެ ޔުނިވާސިޓީއެއްކަމަށްވާ ހެލްޕް ޔުނިވާސިޓީ ކޮލެޖް އާއި ސްރީ ލަންކާގެ އައި.ސީ.ބީ.ޓީ ވެސް ބައިވެރިވެއެވެ. އަދި މޯލްދިވެސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަނާއި، މަންދު ކޮލެޖް، ވިލާ ކޮލެޖް، ބޮޗް ޕްލޭސްމެންޓް ސެންޓަރ، އައި. ބީ. އެސް، ފޯކަސް އެޑިއުކޭޝަން ސެންޓަރ ގެ އިތުރުން މާލޭ ފިޓްނެސް ކްލަބާއި ތިނަދޫ ރީޖަނަލް ހޮސްޕިޓަލުންވެސް މިފެއަރގައި މަޢުލޫމާތުދެއްވުމުގައި ބައިވެރިވިއެވެ. މީގެ އިތުރުން ޗޮކޯ، ހޭންޑް އަދި ހޯޑެއްދޫ އެސޯސިއޭޝަން ފޯ ޑިވެލޮޕްމެންޓް އަދި ޒޯން ސްޓޭޑިއަމް 7 ވެސް މިފެއަރގައި ބައިވެރިވެއެވެ.
އެޅިހާ ބަތަކަށް ރިހަ ކޮމެޓީ؟
-ދިހުސާން-
"އަތޮޅު ކޮމެޓީ" މިއީ ރާއްޖޭގެ ކަންކޮޅުތަކުން އަބަދުވެސް އިވޭ، ޢާއްމު ނަމެކެވެ. ނަމަވެސް އަތޮޅުކޮމެޓީއަކީ ކޮބައިކަމާއި، އެކޮމެޓީގެ މަސައްކަތަކީ ކޮބައިކަމާއި އެމަސައްކަތްތައް ކުރަނީ ކޮންބަޔެއްކަން އެނގެނީ މަދު ބަޔަކަށެވެ. އަތޮޅުކޮމެޓީއާއި މެދު ޚިޔާލުކޮށް އެކޮމެޓީން ރައްޔިތުންނަށް ކޮށްދެނީ ކޮންކަމެއްކަން މިއަދު ދެނެގަންނަންޖެހެއެވެ. ސަބަބުތަކެއް ހުރީމައެވެ. އަތޮޅުކޮމެޓީއަކީ އަތޮޅުގެ ހުރިހާ ރަށަކުން މީހުން ހިމެނޭ ގޮތަށް މުޅި އަތޮޅުގެ ތަރައްޤީއާއި ތަހުޒީބާއި ގުޅިލާމެހިފައިވާ، އަތޮޅުގެ ރައްޔިތުންގެ ކުރިއެރުމަށް މަސައްކަތްކުރުމުގެ ބުރަ މަސްއޫލިއްޔަތު އަދާކުރަންޖެހޭ ކޮމެޓީއެކެވެ. ރައްޔިތުންގެ މާލިއްޔަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފައިގެން ރައްޔިތުންނަށް ފަހިކަން ގެނެސްދޭންޖެހޭ ކޮމެޓީއެވެ. ޙަޤީޤަތުގައި އެއީ އަތޮޅު ކުރިއަރުވާ ނުވަތަ ތަރައްޤީ ކުރާ ކޮމެޓީއެވެ. ރާއްޖެތެރޭގައި އަތޮޅުކޮމެޓީގެ މިންނެތް މަސައްކަތުން އެ ކޮމެޓީތައް ނިސްބަތްވާ އަތޮޅަށް ތަހުޒީބު ގެނެސްދީފައިވެއެވެ. ސީދާ އެއަތޮޅުތަކުގެ ފަރުދުންނަށް އަމާޒުކޮށްގެން ތަފާތު ދެމެހެއްޓެނިވި ތަރައްޤީގެ ޕްރޮގްރާމްތައް ހިންގާ ސީދާ ރައްޔިތުންނަށް މަންފާއާއި ނަފާ ހޯދައިދީފައިވެއެވެ. ކަންމިހެން ހުރިއިރު ކެރަވަޅު ހަދައި ރައްޔިތުންނަށް ގެއްލުންދެނިވި ހުރިހާ ޕްރޮޖެކްޓްތަކެއް ކާމިޔާބުކަމާއެކު ހިންގާ ކޮމެޓީތައްވެސް އަތޮޅުތަކުގައި އެބަހުއްޓެވެ.
އަޅުގަނޑުމެންގެ ހުވަދޫޕްރޮވިންސްގެ ދެކުނު ފަޅިއަށް ބަލާއިރު ގދ.އަތޮޅުކޮމެޓީއަކީ "ނަމޫނާ" އަތޮޅު ކޮމެޓީއެކެވެ. ގދ.އަތޮޅުކޮމެޓީގެ ދުރުނޫން މާޒީއަށް ބަލާއިރު ރައްޔިތުންނަށް ނަފާ ހޯދައިދިނުމުގެ ގޮތުން ބައެއްކަހަލަ މަޝްރޫޢުތައް ކުރިޔަށް ގެންގޮސްފައި އެބަހުއްޓެވެ. އެގޮތުން ފާހަގަކޮށްލެވެން އޮތީ މަދު ކަމެކެވެ. 2002 ވަނަ އަހަރު އަތޮޅުކޮމެޓީން ޚަރަދުކޮށްގެން ފެއްޓި ފައިދާހުރި ސްޕީޑް ލާންޗުގެ ޚިދުމަތްވަނީ އެއިގެ ތެރެއަށް ކޮރަޕްޝަންގެ ފަނިފަކުސާ ވަދެ ކައިހުސްކޮށްފައެވެ. ނަމަވެސް ކޮމެޓީއަށް ކުލި ލިބޭ ގޮތަށް އެކޮމެޓީގެ ބިމެއް ކުއްޔަށް ދޫކުރެވިފައިވާއިރު ރައްޔިތުންގެ ނަމުގައި ބޭންކުގައި ފައިސާ ޑިޕޮޒިޓްކޮށްގެންނާއި ޙިއްސާ ގަނެގެން އަދި އަތޮޅު ފިހާރަ ކުއްޔަށް ދޫކޮށްގެން ކޮމެޓީއަށް އާމްދަނީ ލިބެމުންދެއެވެ. އެހެންކަމުން ގދ.އަތޮޅުކޮމެޓީއަކީވެސް އަތޮޅުގެ ރައްޔިތުންނަށް ނަފާއާއި މަންފާ ހޯދައިދިނުމާއި، ރައްޔިތުންގެ ކުރިއެރުމަށް ބުރަ މަސައްކަތްތަކެއް ކޮށްފައިވާ އަދި ކުރަމުންދާ ކޮމެޓީއެއްކަން ޝުކުރުވެރި ކަމާއެކު ބަލައިގަންނަންޖެހެއެވެ.
ނަމަވެސް، ގދ.އަތޮޅު ކޮމެޓީއަށް ލިބޭ ނަފާ ނުވަތަ ފައިސާއަށް ވަނީ ކިހިނެއްބާވައެވެ؟ އެފައިސާ ހުރިހާ ރައްޔިތުންނަށް ބަހަނީ ހެއްޔެވެ. ނުވަތަ އެފައިސާއިން ކޮމެޓީގެ މެމްބަރުންގެ ޖީބުތައް ފުރާލަނީ ހެއްޔެވެ.؟ އަތޮޅުކޮމެޓީގެ ފައިސާ ނުވަތަ އަތޮޅު މާލިއްޔަތުގެ ފައިސާ ހުންނާނީ ބެންކުގައި ބެހެއްޓިފައެވެ. އެއިން ޚަރަދުކުރެވެނީ އިސްވެ ދެންނެވިފައިވާ ފަދައިން ރައްޔިތުންނަށް ފައިދާ ހުރި ކަންތައްތަކަށެވެ. ބައެއްފަހަރު ކުޅިވަރަށް އެހީތެރިވުމަށެވެ. ނުވަތަ ރައްޔިތުންގެ ތެރެއިން ބޮޑެތި ބަލިތަކަށް ބޭސްފަރުވާ ކުރާ މީހުންނަށް ރަމްޒީ އެހީދިނުމަށެވެ. އަނެއްބައިފަހަރު ކިޔަވާކުދިންނަށް އިނާމް ދިނުމަށެވެ. މިފަދަ އިޖުތިމާޢީ ކަންތައްތަކަށް ޚަރަދުކުރުމާއި، އަތޮޅުގެ ތަރައްޤީއަށްޓަކައި ބޭނުންވާ މަޝްވަރާތައް ފުޅާދާއިރާއެއްގައި ކޮމެޓީން ނިންމައި، އޭގެ ކޮންމެވެސް މިންވަރެއް ރައްޔިތުންނަށް ލިބެމުންދެއެވެ.
ކަންމިހެން އޮތްއިރު ގދ.އަތޮޅުކޮމެޓީއަކީ ރާއްޖޭގެ އެހެން އަތޮޅުތަކުގެ އަތޮޅުކޮމެޓީތަކާއި ކުޑައިކޮށް ތަފާތު ކޮމެޓީއެކެވެ. އެއީ ގދ.އަތޮޅުކޮމެޓީގައި ޝޫރާގެ މަތިވެރި އުސޫލް ބޭނުންކުރުން މަދުކަމެވެ. ކޮމެޓީގައި މެމްބަރުންތަކެއް ތިބިކަމުގައިވިޔަސް މުޅި ކޮމެޓީގެ ކޮންޓްރޯލް އޮންނަނީ ގދ.އަތޮޅުއޮފީހުގައެވެ. ކޮމެޓީން ނިންމަންޖެހޭ ކަންތައްތައް އެނގޭނީ އަތޮޅުއޮފީހުގެ ވެރިންނަށެވެ. ކޮމެޓީގެ މާލިއްޔަތުން ބޮޑެތި ޚަރަދުތައް އަތޮޅުއޮފީހުގެ ވެރިން "ބޭނުން ގޮތަކަށް" ކުރުމުގެ ބާރުވަނީ އެކޮމެޓީގެ މެމްބަރުން އެއޮފީހަށް ލިބިދީފައެވެ. އަތޮޅުއޮފީހުގެ ވެރިން އަތޮޅުކޮމެޓީން ކަމެއް ޙާސިލްކުރަން ބޭނުންނަމަ، އެވީ އަތޮޅުކޮމެޓީ އެއްކުރާށެވެ. އޭރު އޮންނާނީ އެކަން ނިމެންވާ ގޮތަކާއި ކަންކުރާނެ ގޮތުގެ ހުރިހާކަމެއް ކަނޑައެޅި ނިމިފައެވެ. ބައެއްފަހަރު އެއިގެ ކުރިން ކުރަންވާ ޚަރަދެއްކޮށްފައެވެ.
ޙައިރާންވާންޖެހޭ ކަމަކީ މިފަދައިން އަތޮޅުއޮފީހުން ބޭނުންވާ ކަންތައްތައް ނިންމުމަށްޓަކައި ކޮމެޓީގެ ޖަލްސާ އެޖެންޑާކޮށް އެޖަލްސާގައި އަތޮޅުއޮފީހުގެ ވެރިން ޖައްސަވާ ކޮންމެ ބެރަކަށް އަތޮޅުގެ ރަށްރަށް ތަމްސީލުކުރައްވާ އެރަށްރަށުގެ ކަތީބުން ނައްޓަވާކަމެވެ. އެހެނީ އަތޮޅުއޮފީހުން ހުށަހަޅާ ކޮންމެކަމެއް ފާސްކުރެއްވުމަށްޓަކައި ކޮމެޓީގެ މެމްބަރުން ވޯޓްދެއްވުމަށް އަތް އުފުއްލަވާކަމެވެ. ބައެއްފަހަރު ބައެއް މައްސަލަތަކުގައި ކަތީބުންގެ ތެރެއިން "ވިސްނުން ތޫނު ބޭފުޅުން" ބަޙުޘް ކުރައްވައެވެ. ނަމަވެސް ކުރާނީ ކީއްތޯއެވެ. އަޣްލަބިއްޔަތު އޮންނަނީ އަތޮޅުއޮފީހުގެ ވެރިން ބޭނުންފުޅުވާ ގޮތަށެވެ. އަދި އެހުށަހަޅާ ކަމަކާއި ކިރިޔާވެސް އިދިކޮޅަށް ބަސްބުނި ފަރާތަކީ "ގޯސް" ކަތީބަކަށް ވެދެއެވެ. ގިނަ މެމްބަރުން މިގޮތަށް ރިޔާސަތުން ބޭނުންވާ ގޮތަށް ވޯޓް ދެއްވަނީ ނުވަތަ އިތުރު ބަހުޘް ނުކުރައްވަނީ "ގޯސް" ނުވެ ސަލާމަތްވުމަށެވެ.
ނަމަވެސް އަތޮޅުކޮމެޓީއަކީ އެޅިހާ ބަތަކަށް ރިހައަޅަން އޮތް ކޮމެޓީއެއް ނޫނެވެ. އެކޮމެޓީގައި ތިއްބަވާ ރަށްރަށުގެ މަންދޫބުންނަކީ ޚާއްސަކޮށް އެރަށެއްގެ ޢާއްމުކޮށް މުޅި އަތޮޅުގެ ރައްޔިތުންގެ ވަކީލުންގެ ގޮތުގައި ތިއްބަވާ ބޭފުޅުންނެވެ. އެވަކީލުންގެ ކުރިމައްޗަށް ހުށަހެޅޭ ކޮންމެ މައްސަލައެއް ތިން ލޮލުން ބަލައި އެއަށް އިޤްތިސާދީ، އިޖްތިމާޢީ ވިސްނުންފުޅަކުން ވިސްނާވަޑައިގެން، ދުރުރާސްތާގައި އަދި މެދުރާސްތާގައި މުޅި ރައްޔިތަށް ލިބޭނެ މަންފާއާއި ގެއްލުމަށް ރިޢާޔަތްކޮށް އަތޮޅުކޮމެޓީގެ ޖަލްސާގައި ވަކާލާތު ކުރައްވަންޖެހިވަޑައިގަންނަވާނެއެވެ. އެހެންކަމުން އަތޮޅުއޮފީހުން ހުށަހަޅާ ހަމަކޮންމެ ކަމަކަށް ވޯޓް ދެއްވާކަށް ނުޖެހޭނެއެވެ. އެޅިހާ ބަތަކަށް ރިހަ އަޅާ ވަކީލުން ރައްޔިތުން މިހާރު ބޭނުން ނުވާނެއެވެ. އަދި އެފަދަ މީސްމީހުން އަތޮޅު ކޮމެޓީން މިހާރުން މިހާރަށް ނަގައި ބޭރުކުރަންޖެހެއެވެ.
Subscribe to:
Posts (Atom)








