2009 ވަނަ އަހަރު ގދ އަތޮޅުގެ ރަށްތަކުން މުޅި ޖުމްލަ 348 މައްސަލަ ހުށެހެޅިފައިވާކަމުގައި ތިނަދޫ ޕޮލިސް ސްޓޭޝަނުން ހާމަކޮށްފިއެވެ. ތިނަދޫ ޕޮލިސް ސްޓޭޝަނުން ހާމަކުރި ގޮތުގައި މި އަދަދަކީ 2008 ވަނަ އަހަރާއި އަޅާބަލާއިރު ބޮޑު އަދަދެއްކަމަށެވެ. އަދި ގިނައިން ރިކޯޑް ކުރެވިފައި ހުރީ މާރާމޭރީގެ މައްސަލަތަކާއި، މަސްތުވާތަކެތީގެ މައްސަލައާއި ވައްކަމުގެ މައްސަލައެވެ.
މި ރިކޯޑްތަކަށް ބަލައިލާއިރު ގދ ތިނަދޫގައި ރިކޯޑް ކުރެވިފައި ހުރި މައްސަލަތައް ނިސްބަތުން ގިނަކަން ފާހަގަކުރެވެއެވެ. ހަމަ އެހެންމެ ފާއިތުވި އަހަރު ގދ އަތޮޅުން އެންމެ ކުށް މަދު ރަށެއްގޮތުގައި ފާހަގަ ކުރެވެނީ ގދ ފިޔޯރީއެވެ.
މިއަހަރު ކުށް މަދުކުރުމުގެ ޕްރޮގްރާމްތަކެއް ހިންގާނެ ކަމުގައި ތިނަދޫ ޕޮލިސް ސްޓޭޝަނުން ވަނީ ހާމަ ކުރައްވާފައެވެ. އޭގެ ތެރޭގައި މުޖުތަމައުން ކުށް މަދުކުރުމަށް ބާރު އަޅާނެ 'ކްރައިމް ޕްރިވެންޝަން ކޮމިޓީ' ގެ ނަމުގައި ޙާއްސަ ކޮމިޓީއެއް އެކުލަވާލަން އެފަރާތުން ރާއްވަވާފައިވެއެވެ. އަދި ހަމަ އެހެންމެ އަމާން މާހައުލެއް ބިނާ ކުރުމަށްޓަކައި ތަފާތު ގޮތްގޮތަށް ހޭލުންތެރިކުރުމުގެ ޙަރަކާތްތަކެއް ހިންގަވާނެ ކަމަށްވެސް މަޢްލޫމާތު ދެއްވާފައިވެއެވެ. މިހުރިހާ ޙަރަކާތެއްގައިވެސް އާންމުންނާއި މަދަނީ އެހެން ފަރާތްތަކުގ އެހީތެރިކަމާއި އެއްބާރުލެއްވުން އެފަރާތަށް ދެއްވުމަށް އެދިލެއްވާފައިވެއެވެ.
ގައްދޫ | ވާދޫ | ފަރެސްމާތޮޑާ | ފިޔޯރީ | ރަތަފަންދޫ | ނަޑައްލާ | ހޯޑެއްދޫ | މަޑަވެލި | ތިނަދޫ | މައްސަލައިގެ ބާވަތް | |||||
18 | 2 | 7 | - | 6 | 1 | 6 | 8 | 54 | ވައްކަން | |||||
28 | 5 | 13 | - | 7 | 6 | 7 | 7 | 28 | މާރާމޭރި | |||||
5 | 1 | 2 | - | 2 | - | 2 | 1 | 11 | ބަދުއަޙުލާގީ | |||||
12 | - | 2 | - | 5 | 1 | 2 | - | 20 | މަސްތުވާތަކެތީގެ | |||||
2 | - | - | - | - | - | - | 1 | 5 | އެކްސިޑެންޓް | |||||
1 | 1 | - | - | 2 | - | - | 1 | 1 | ވާޖިބަށް ހުރަސް އެޅުން | |||||
3 | - | 4 | - | 1 | 1 | 1 | 9 | 9 | މުދަލަށް ގެއްލުން ދިނުން | |||||
4 | 2 | 9 | 2 | 7 | 2 | 3 | 4 | 13 | އެހެނިހެން | |||||
73 | 11 | 37 | 2 | 29 | 11 | 20 | 24 | 141 | ޖުމްލަ |


1 comments:
adhi kiriakun habare fenennan mi fotennu. mikahalei mauloomaathe abadhuas aruvannaithi.
Post a Comment
ތިޔަބޭފުޅުންގެ ޙިޔާލު ދެއްވާ... ޙިޔާލު ދެއްވާ އިރުގައި ދިވެހި ބަހުން ދެއްވުން އެދެވިގެންވެއެވެ. އަދި ނަން ހާމަކޮށްލެއްވުންވެސް ރަނގަޅުވާނެއެވެ. ޝުކުރިއްޔާ! - ހަވަރުއޮންލައިން ޓީމް