Thursday, January 14, 2010

ތިނަދޫގައި ދުއްވާފައިދިޔަ ސައިކަލެއްގެ ފަހަތުގައި އިން ޒުވާނަކު ސައިކަލުންވެއްޓި ލިބުނު އަނިޔާގެ ސަބަބުން މަރުވެއްޖ



އަޙުމަދު މުޙައްމަދު (1990ން 2010)

ގދ ތިނަދޫގައި ރޭ ގައިގަޑަކަށް 08:30 ކަންހާއިރު ބާރަށ ދުވެއްޔެއްގައި ދުއްވާފައި ދިޔަ ސައިކަލެއްގެ ފަހަތުގައި އިން ޒުވާނަކު ވެއްޓި ބޮލަށް ލިބުނު ސީރިއަސް ގެއްލުމަކާއިހެދި މިއަދު ހެދުނު 11 ކަންހާއިރު މަރުވެއްޖެއެވެ.

ގދ ތިނަދޫ ތަރާވީސް އުމުރުން 19 އަހަރުގެ އަހުމަދު މުހައްމަދު ވެއްޓެން ދިމާވި ސަބަބެއްކަމަށް ފަހަތުން އައި އެހެން ސައިކަލެއްގައިން އިން ފަރާތަކުން ބުނަނީ ގދ ގައްދޫ މިނިވަން އައްސޭރި އަހުމަދު ހާޝިމް (ސައިކަލް ދުއްވަން އިން ކުއްޖާ) ދުއްވަމުންދިޔަ ވަގުތު އަހުމަދު މުހައްމަދު މަޑި މައްޗަށް ތެދުވާން އުޅެނިކޮށް ކަމަށެވެ. ނަމަވެސް ދުއްވަން އިން އަހުމަދު ހާޝިމް ބުނަނީ އެ ޚާދިސާ ހިގަން މެދުވެރިވީ އަހުމަދު މުހައްމަދުއަށް ފޯނެއް އައިސްގެން ފޯނު ނަގަންވެގެން ކުޑަކޮށް ތެދުވި ގަޑީގައި ކަމަށެވެ.

ތިނަދޫ އަލަށް ހިއްކި ހިސާބުގައި ގްރީން އޭރިޔާގެ އުތުރުންް އޮންނަ މަގުން ހުޅަގުން އިރަށް ދުއްވާފައި އަި މިސައިކަލުން އަހުމަދު މުހައްމަދު ވެއްޓުނީ އެމަގާއި ބާބާ ރެސްޓޯރަންޓް އިންނަ މަގާއި ގުޅޭ ގޯޅީގެ ތަންކޮޅެއް އިރުންނެވެ. ރޭ އަހުމަދު މުހައްމަދު ވަނީ ތިނަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށްޓާފައެވެ. ނަމަވެސް ހާލު ދެރަކަމުން އިތުރަށް ފަރުވާދޭން މާލެގެންނަށް ޑޮކްޓަރުން ލަފާދިން ކަމަށާއި ނަމަވެސް އިމަޖެންސީކޮށް ފަރުވާދޭން މާލެ ގެންނަށް ޗާޓަރު ފްލައިޓެއް ނުލިބުނުކަމަށް ހަވަރުއޮންލައިނަށް މަޢުލޫމާތު ލިބުނެވެ. ޑޮކްޓަރުންނާއި ހަވާލާދީ އޭނާގެ ރައްޓެއްސެއް ބުނީ އޭނާ މަރުވީ ބޮލަށް ލިބުނު ގެއްލުމަކުން ސިކުޑިއަށް ލޭ އެޅިގެންކަމަށެވެ.

އަހުމަދު މުހައްމަދުއަކީ ބޭންކް އޮފް މޯލްޑިވެސް ތިނަދޫ ބްރާންޗްގައި މަސައްކަތްކުރަމުންދާ މީހުންނާއި ގުޅޭ މިޒާޖެއްގެ ޒުވާނެކެ. މާތްއަހުމަދު މުހައްމަދުގެ ފުރާނަޔަށް ރަޙުމަތް ލަށްވާށި...

1 comments:

Anonymous said...

inna linnaahi vainna ilaihi raajioon. miee varah hithaamaveri kameh. mikahala kanthah vaan medhuverivanee balan vaa varah nubelumun. alhugadumenge thereygai thibi mikahala zagalhu zuvaanun mifadha gothakah nimidhaakah beynumennoon. emmen ves dhuvva echchis dhuvvumugai adhi eygai savaaruve thibumugai thankolhe bodah samaaluvaan eba jehey.
mai allah ahmed ge furaan ah rahmai lavvaashi

Post a Comment

ތިޔަބޭފުޅުންގެ ޙިޔާލު ދެއްވާ... ޙިޔާލު ދެއްވާ އިރުގައި ދިވެހި ބަހުން ދެއްވުން އެދެވިގެންވެއެވެ. އަދި ނަން ހާމަކޮށްލެއްވުންވެސް ރަނގަޅުވާނެއެވެ. ޝުކުރިއްޔާ! - ހަވަރުއޮންލައިން ޓީމް

ސިޔާސީ ޚަބަރު

އިތުރު ލިޔުންތައް

މުޖުތަމަޢު

އިތުރު ލިޔުންތައް

ކުޅިވަރު

އިތުރު ލިޔުންތައް

ތާރީޙުގެތެރެއިން

އިތުރު ލިޔުންތައް
 
HavaruOnline Copyright © 2009 CHOCO | Editor: Hassan Abdulla