Sunday, January 17, 2010

ތިނަދޫގެ ޒުވާނުން އިސްނަގައިގެން ތިނަދޫ ބޯޅަދަނޑު ލެވެލްކޮށް ކާޕެޓް ވިނަ އިންދަނީ


ގދ ތިނަދޫގެ ޒުވާނުން އިސްނަގައިގެން ތިނަދޫ ރަސްމީ ބޯޅަދަނޑުގައި ކާޕެޓް ވިނަ އިންދުމުގެ މަސައްކަތް ވަރަށްވެސް ކާމިޔާބު ކަމާއިއެކު ކުރިއަށް އެބަދެއެވެ. 29 ޑިސެމްބަރ 2009 ގައި ފެއްޓި މިމަސައްކަތުގައި މިހާތަނަށް މުޅި ދަނޑުގެ ފަސްގަނޑު ލެވެލްކޮށް ދަނޑުގެ 80 އިން ސައްތަ ސަރަހައްދެއްގައި ވަނީ ވިނަޖެހިފައެވެ.


މި މަސައްކަތަކީ ފުޓުބޯޅައަށް ލޯބިކުރާ އަދި ޤައުމީ ފެންވަރުގައި ތަފާތު ގިނަ ރަންވަނަ ތަކެއް ހޯދައިފައިވާ ހުނަރުވެރި ފުޓުބޯޅަކުޅުންތެރިން އުޅޭ ތިނަދޫގެ ޒުވާނުން އަމިއްލަޔަށް އިސްނަގައިގެން ކުރަމުންގެންދާ މަސައްކަތެކެވެ. މިކަމުގައި އިސްކޮށް އުޅުއްވާ ފަރާތެއްކަމަށްވާ އިބްރާޙިމް އަޒުޙަރު (ކައިންޑޭ) ބުނި ގޮތުން މިކަން ފެށެން ދިމާވި ސަބަބަކީ ދަނޑުގެ ފަސްގަޑުގައި އަޑިގުޑުންތަށް ގިނަވުމުން ކުޅެން އުދަގޫވެގެން އެއްދުވަހު ކައިރި ގެޔަކުން އުދައްޔަކާއި ބަރޯއެއް ގެނެސްގެން ކުޑަތަންކޮޅެއް ލެވެލް ކުރުމުން މުޅި ދަނޑުވެސް ލެވެލްވާނެކަމަށް ފެނުމުން ކަމަށެވެ.

އެގޮތުން ޒުވާން ކުޅުންތެރިންގެ ތެރޭގައި މިކަމާއި މަޝްވަރާކުރެވި ރަށު ކައުންސިލަރ އަލްފާޞިލް މުޙައްމަދު ޒާހިރުއާއި މަޝްވަރާކުރުމުން ރަށުކައުންސިލަރ މިކަމުގައި ވަރަށްވެސް ފުރިހަމަ އިޖާބައެއް ދެއްވައި މިކަމުގައި ވެވެން އޮތް ހުރިހާ އެހީއެއް ވެދެއްވި ކަމަށް އަޒުހަރު ބުންޏެވެ. އެއާއި އެކު ތިނަދޫ މަގު ހަދާ ޔުނިޓްގެ އުޅަދުތަކުގެ އެހީގައި މުޅި ދަނޑުން ފަސް ނަގައި އަލުން އެފަސް އަޅައި ފަސް ބާރުކޮށް ލެވެލް ކުރެވުނެވެ.

ދެން ކާޕެޓް އިންދާ ޚިޔާލު އައީ ލެވެލް ކުރިފަހުން ކަމަށް އަޒުހަރު ބުންޏެވެ. ހުރިހާ ކުޅުންތެރިންވެސް އެގޮތަށް އެއްބަސް ވެގެން ކާޕެޓް އިންދީ އެއީ އެކަންކުރަން އެންމެ ރަގަޅު ވަގުތުކަމަށާއި އެ ކަމުގެ ސަބަބުން ފަހުން ފައިދާވާނެ ކަމަށް ފެނިގެން ކަމަށްވެސް އަޒުހަރު ބުންޏެވެ. މިގޮތުން މިހާރު މި ދަނޑުގައި އެއްކޮށްކަހަލަ ގޮތަކަށް ވަނީ ކާޕެޓް ވިނަ އިންދިފައެވެ. މިހާރު ވިނަތަކަށް ފެންދެމުން ގެންދަނީ ކުރީގެ ރީޖަނަލް ފަޔަރ ސާވިސަސްގެ އުޅަދަކުންނެވެ. ނަމަވެސް އޭގެއިން ފަހަރަކު ފެން ދެވެނީ ދަނޑުގެ ކުޑަ ސަރަހައްދަކަށް ކަމަށާއި އެއީ ވަރަށް އުދަގޫ ކަމެއްކަމަށް އަޒުހަރު ހާމަކުރިއެވެ. މުސްތަޤުބަލުގައި ވަޅުތަކެއް ބަހައްޓައިގެން ފެން މޯޓަރ ގުޅައިފައި ހޮޅިލައިން އަޅައިގެން ފަސޭހައިން ފެންދެވޭނެ ނިޒާމެއް ޤާއިމް ކުރުމަށްއެދި އެކި ފަރާތްތަކަށް ހުށަހަޅާނޭކަމަށް އަޒުހަރު ބުންޏެވެ.

މިކަން ކުރުމުގައި އެކިގޮތްގޮތުން ވަރަށްގިނަ ފަރާތްތަކުން ވަނީ އެހީތެރިކަން ލިބިފައެވެ. އެގޮތުން ތިނަދޫ އޮފީހާއި ތިނަދޫ މަގުހަދާ ޔުނިޓްގެ އިތުރުން ކާޑެއްދޫ އިން މިކަމުގައި ވަރަށް ބޮޑު އެހީތެރިކަމެއް ދީފައިވެއެވެ. މީގެ އިތުރުން މަސައްކަތުގަ އުޅޭ ފަރާތްތަކަށް ރަށުގެ އަމިއްލަ ފަރުދުންގެ ޙައިސިއްޔަތުން ސަޔާއި ފެނާއި އަދި މިނޫންވެސް އެހީތެރިކަން ފޯރުކޮށްދިން ފަރާތްތައްވެސް މަދެއްނޫނެވެ. މިކަމަކީ ކުރިންވެސް ދެންނެވުނުހެން ތިނަދޫގެ ހުރިހާ ފުޓުބޯޅަކުޅުންތެރިން އިސްނަގައިގެން ކުރިކަމަކަށްވާތީވެ މި ހުރިހާ ކުޅުންތެރިންވެސް މިކަމުގައި އަމަލީގޮތުން ވަނީ ބަިވެރިވެފައެވެ.

ތިނަދޫގައި ފަހަކަށްއައިސް މިފަދަ ގިނަ އިޖްތިމާޢީ ޙަރަކާތްތަށް ފެންނަމުން ދެއެވެ. މިކަމުގެ ސިއްރަކީ އެއި އެކި ފަރާތްތަކުގެ ދެމެދުގައި އޮންނަ ގުޅުމާއި ތަރައްޤީ ޙާސިލްކުރަން ހުންނަ އަޒުމްގެ ވަރުގަދަވުންކަމާއިމެދު އެއްވެސް ޝައްކެއް ނެތެވެ. މިފަދަ ކެރޭ ހީވާގި އަމިއްލަޔަށް އިސްނަގަންދަންނަ ޒުވާނުންނަށް ބޭނުންވަނީ އެހެން ފަރާތްތަކުން އަގުވަޒަންރުމާއި ދީލަތި އެހީތެރިކަމެވެ.

4 comments:

Anonymous said...

saabahey thikerane hivvaran. theebu zuvaanunaku.

Ismail.I.A.D said...

thinadhoo akku football ah mulhi raadhdheyn 1 vana ratan vene veyley mi ratan turf dhadakas adhi evvis varakan football kuri aruvannan kuriyen sarukaarun masakkadhe nokolhe kamakku varan as dhera kaike. mihidhege sarukaarun mikaman vidhdhe visnan nei kaman heekeran.

Anonymous said...

mihidhe sarukaarakun nun mikamaa mikerannu....mi khabaru suruhygai asi baine kun zuvaannune isnagaigen kerane kameke vaahakiyaaa....tho moya aaan..keke:P

Anonymous said...

mihidhe sarukaara maa nubai. bajeta badu dhatu odaigen igthisaadhee haalathe kiyaahai emmene badan marannu. football keykkeran appada mubaaraathekas mikale nufennei. tho hedhe

Post a Comment

ތިޔަބޭފުޅުންގެ ޙިޔާލު ދެއްވާ... ޙިޔާލު ދެއްވާ އިރުގައި ދިވެހި ބަހުން ދެއްވުން އެދެވިގެންވެއެވެ. އަދި ނަން ހާމަކޮށްލެއްވުންވެސް ރަނގަޅުވާނެއެވެ. ޝުކުރިއްޔާ! - ހަވަރުއޮންލައިން ޓީމް

ސިޔާސީ ޚަބަރު

އިތުރު ލިޔުންތައް

މުޖުތަމަޢު

އިތުރު ލިޔުންތައް

ކުޅިވަރު

އިތުރު ލިޔުންތައް

ތާރީޙުގެތެރެއިން

އިތުރު ލިޔުންތައް
 
HavaruOnline Copyright © 2009 CHOCO | Editor: Hassan Abdulla