-ހަސަން-
އިޖްތިމާޢީ ޒިންމާ އަކީ މުޖުތަމާއުގައި ހިމެނޭ އެކިއެކި ބައިތަށް ކަމާށްވާ ސަރުކާރާއި، ރައްޔިތުންނާއި، ވިޔަފާރިވެރިންނާއި، ޖަމުޢިއްޔާ ޖަމާޢަތްތަކާއި އެހެނިހެން މުއައްސަސާތަކާއި ފަރާތްތަކުގެ އިތުރުން ފަރުދުންގެ ޙައިސިއްޔަތުން މުޖުތަމަޢަށް އަދާކުރަންޖެހޭ ސުލޫކީ އަދި ތަފާތު ފިކުރުތަކެއްގެ މަށްޗަށް އެކުލެވިގެންވާ މަސްޢޫލިއްޔަތެކެވެ.
އިޖްތިމާޢީ ޒިންމާ އަކީ މުޖުތަމާއުގައި ހިމެނޭ އެކިއެކި ބައިތަށް ކަމާށްވާ ސަރުކާރާއި، ރައްޔިތުންނާއި، ވިޔަފާރިވެރިންނާއި، ޖަމުޢިއްޔާ ޖަމާޢަތްތަކާއި އެހެނިހެން މުއައްސަސާތަކާއި ފަރާތްތަކުގެ އިތުރުން ފަރުދުންގެ ޙައިސިއްޔަތުން މުޖުތަމަޢަށް އަދާކުރަންޖެހޭ ސުލޫކީ އަދި ތަފާތު ފިކުރުތަކެއްގެ މަށްޗަށް އެކުލެވިގެންވާ މަސްޢޫލިއްޔަތެކެވެ.
އިޖުތިމާޢީ ޒިންމާ އަކީ ޤާނޫނަކުން ނުވަތަ އެހެންވެސް އެފަދަ ޤަރާރަކުން ކަނޑައެޅިފައި ނުވާ، އެހެންމަނަވެސް އެކި ގޮތްގޮތުން މުޖުތަމާޢުގައި ހިމެނޭ މީސްތަކުންނާއި ހަވާލުވެވޭ ޒިންމާއެކެވެ. އެހެންކަމުން މި ޒިންމާ އަކީ ކޮންމެ މީހަކަށްމެ ފަސޭހައިން ރެކިދާނެ ޒިންމާއެކެވެ. ނަމަވެސް ދުނިޔޭގެ ގިނަ ޤައުމުތަކުގައި މިފަދަ ބައެއް ޒިންމާތަށް އެޤައުމުގެ ޤާނޫނުން ކަނޑައެޅިފައި ހުންނަކަން ފާހަގަކޮށްލެވެއެވެ. ސުލޫކީ ކަންކަން ޤާނޫނުން ސިފަކޮށްދޭ ޤައުމުތަށް ވަރަށްވެސް މަދުވާނެއެވެ. ނަމަވެސް ކަމުގެ މުހިންމުކަން އެ ޤައުމެއްގެ ރައްޔިތުންނަށް އަންގާދިނުމުގެ ބޭނުމުގައި މިފަދަ މާއްދާތަށް ޤާނޫނުންވެސް ފެންނަށް ހުރެއެވެ. މިސާލަކަށް ސިންގަޕޫރު ފަދަ ޤައުމުތަކުގައި އަޙްލާގާއި ސުލޫކީ މިންގަނޑުތަށް ބަޔާންކޮށްދޭ މާއްދާތަށް ހިމެނެއެވެ. އަދި އެމެރިކާގެ ވަކި ސްޓޭޓް ތަކަށް ހެދިފައި ހުންނަ "ސްޓޭޓް ލޯ"ގައި މިފަދަ މާއްދާތަށް ހުންނަކަން ފާހަގަކޮށްލެވެއެވެ. މިގޮތުން މަގުމަށްޗަށް ކުނި އެޅުމާއި ބައެއްކަހަލަ ޕަބްލިކް ޕާކްތަކަށް ވަންނައިރު ހެދުން އަޅަންޖެހޭ ގޮތުން ފެށިގެން މުސްކުޅިން މަގު ހުރަސްކުރާވަގުތު އެމީހާއަށް އެހީނުވެ ބަލަން ހުންނަ މީހާ ޖޫރިމަނާކުރުން ފަދަ ކަންތައް ބަޔާންކޮށްފައިވާ މާއްދާތަށް މިދެންނެވި ބައެއް ޤާނޫނު ތަކުގައި ހިމެނެއެވެ.
ޤައުމެއްގެ ޤާނޫނުގައި މިދެންނެވި ސުލޫކީ އަދި އަޙްލާޤީ މިންގަނޑުތައް ބަޔާން ކުރިއަސް ނުކުރިއަސް އަޅުގަނޑުމެން އެންމެން ތަބާވާ އިސްލާމީ ޤާނޫނުގައި މިކަން ވަރަށް ފުރިހަމަޔަށް ބަޔާން ކޮށްދީފައިވެއެވެ. މައިންބަފައިންނަށް ކިޔަމަންތެރި ވުމާއި މުސްކުޅިންނާއި ޔަތީމުންނަށް އިޙްތިރާމްކުރުމާއި މީހުން އެއްވެ އުޅޭތަންތަނުގައި ތިމާގެ އަމަލު ބަހަށްޓަން ވީގޮތް އިސްލާމް ދީނުގައި ވަނީ ކަނޑައަޅާފައެވެ. ބަޔަކު ހާލުގައި ޖެހޭއިރު ދެންތިބޭ މީހުންގެ މައްޗަށް އެހީތެރިކަން ފޯރުކޮށްދިނުން ލާޒިމް ވުމާއި ތިމާއަށް މާތްﷲ ދެއްވި ޢިލްމު އެހެން މީހުންނަށް ކިޔާނުދޭ މީހާއަށް ފާފަ ވާނެކަމަށް އިސްލާމް ދީނުގައި ހާމަވެގެން ފެންނަން އޮތްކަމީ އަޅުގަނޑުމެންނާއި ބޮޑެތި ޒިންމާތަކެއް ހަވާލުވެފަ ހުރިކަން ކަށަވަރުވާ ކަމެކެވެ. ސުވާލަކީ ޢިޖުތިމާއީ ޒިންމާ އަކީ އަދިވެސް އަޅުގަނޑުމެންނަށް ރެކިދާނެ ކަމެއްހޭ؟؟؟
އަޅުގަނޑުމެންގެ މުޖުތަމައުގެ ގިނަ ތަނބުތަކެއް އެ ތަނބުތަކުގެ ޒިންމާ ފުރިހަމަޔަށް އަދާނުކުރެވުމުގެ ސަބަބުން މުޅި މުޖުތަމަޢު ފުނޑުފުނޑުވާތަން ފެންނަނީ މަދުންނެއް ނޫނެވެ. އެންމެ އާދައިގެ ނިކަމެތި މީހާގެ ފަޤީރު ފޮށާއިން ފެށިގެން ޤައުމުގެ ވެރިކަމުގެ ސަންދާނާއި ހަމަޔަށް ބެހިގެން ގޮސްފައިވާ ޒިންމާތައް އަދާނުވުމުން މުޖުތަމަޢުގެ ފޭރާން ނެތިދާކަމީ އާވާހަކައެއް ނޫނެވެ.
ވެރިކަމުގެ ބާރުތައް ވަކިކޮށް، މިނިވަން މުއައްސަސާ ތަކާއިއެކު އަޅުގަޑުމެންގެ ޑިމޮކްރެސީގެ ޙަޔާތް ފެށިގެން އުޅޭއިރު، ޅަފަތުގައި ފެންނަން ނުވާ އެތަކެއް ކަމެއްގެ ތެރޭގައި ކޮންމެ ބަޔަކުމެ އެބަޔެއްގެ ޒިންމާއިން ރެކޭކަން ވަކިން ފާހަގަ ކޮށްލެވެއެވެ. އެއްބަޔަކު އަނެއްބަޔަކު ބޮލުގައި ކަންތައް އެޅުވުމާއި އެއް މުޢައްސަސާއި އާއި އަނެއް މުޢައްސަސާގެ މައްސޫލިއްޔަތު ތަޢާރަޒުވުމާއި ޤާނޫނާއި ޤަވައިދުތައް އެކަތި އަނެކައްޗަށް ފުށުންއެރުމުގެ ސަބަބުން ކޮބައީ ކާކު ޒިންމާއެއްކަން ނޭގޭކަމީ ކަންބޮޑުވާންޖެހޭ ކަމެކެވެ.
ނަމަވެސް ޤާނޫނެއް ޤަވައިދެއް އަދި ދުސްތޫރީ ނުވަސަ ސިޔާސީ ނިޒާމްތަކެއް ކަނޑައެޅިފައި ނެތްކަމުގައި ވިޔަސް، އިންސާނުންނަށް ވީތީ ތަބާވަން ޖެހޭ ގޮތްތަކަކާއި އިސްލާމުންނަށް ވީތީ ތަބާ ވާންޖެހޭ ގޮތްތަކަކާއި ފޮތްތަކެއް ވެއެވެ. ނަމަވެސް އަޅުގަޑުމެންނަށް އިސްފަސް އޮޅުވާލެވި އެންމެ ފުރަތަމަ ބެލެނީ ޤާނޫނު އަސާސީ އަށެވެ. އޭގެ ފަހުން ދީނުގެ ހަމަތަކަށެވެ. އެހެންކަމުން ނުކުޅެދޭ ޤާނޫނެއްގެ ހިޔާވަހިކަމުގައި އެންމެން މިތިބީ ވިއްސި ވިހާލި ވެފައެވެ.
އާދެ! ދިވެހިރާއްޖޭގެ ޖުމްޙޫރިއްޔާގެ ޤާނޫނު އަސާސީ ނުކުޅެދެނީ އެއަށް ބޭނުންވާ އެހެނިހެން މާއްދާތަށް ނެހެދިގެންނެވެ. އެއީ އަލާށް އިންތިޙާބު ކުރެވުނު ރައްޔިތުންގެ މަޖިލީހުގެ ޒިންމާއެވެ. ނަމަވެސް އިޖްތިމާޢީ ޙާލަތު ހަނދާންނައްތާލާފައި އެޒިންމާއިނެ އެ އިއްޒަތްތެރި މެމްބަރުން ރެކެނީ ކޮންމެވެސް ސިޔާސީ ފައިދާއަކަށެވެ. އެ އިއްޒަތްތެރި މެމްބަރުން ޒިންމާދާރުކުރުވުމުގެ ބޮޑު ޒިންމާ ބޮލުގައަޅައިގެންތިބި ރައްޔިތުންވެސް އެމީހުންގެ ޒިންމާއިން ރެކެނީއެވެ. ފަހަރެއްގައި އެއީ ޑިމޮކްރެސީގެ ޅަފަތުގައި ވީމަކަމަށް ވެދާނެއެވެ. ނޫނީ ޒިންމާދާރުކުރުވުމަށޭ ކިޔާފަ ގަންނަހާ ހަޑިމުޑުދާރު ސަކަރާތުގެ ސަބަބުން ކަމަށްވެސް ވެދާނެއެވެ.
ވިޔާފާރިވެރިންނާއި މަދަނީ ޖަމިއްޔާ ޖަމާޢަތްތކުންވެސް އެބައި މީހުންގެ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި ނޭގޭ ކަމުގައި ޤަބޫލުނުކުރެވެއެވެ. މުޅިމުޖުތަމަޢު ފަނާވެގެންދާ އިރުވެސް ގިޓާ ހިފާލާފައި ލަވަކިޔަން ތިބޭ މަދަނީ ފަރާތްތައް މަދެއްނޫނެވެ. އެމީހުންނަށް އެކަމުގައި އެހީތެރިވެދެން އޮތްކަން އިގޭއިރުވެސް އަދި އެއީ އުސޫލެއްގެ ގޮތުން އެމީހުންގެ ޒިންމާއެއްކަން އިނގޭއިރުވެސް އެކަމުން ރެކެނީ އެކުރެވެނީ ކިހާވަރެއްގެ ކުށެއްކަން ނޭގޭތީބާއޭ ހިތަށްއަރައެވެ. ވިޔަފާރިވެރިން އެމީހުންގެ ވިޔަފާރިންލިބޭއެއްޗަކަށް އެއީ ވިޔަފާރީގެ މަންފާގެ ބަދަލުގައި ވިޔަފާރީގެ ފައިދާއޭ ކިޔަނީ އޭގެއިން އެއްވެސް އެއްޗެއް މުޖުތަމަޢުގެ ކަމަކަށް ޚަރަދުނުކުރުމުގެ ނިޔަތުގައެވެ. މުޖުތަމަޢުގެ ފޭރާން ދެމެހެއްޓޭނީ ހުރިހާ ފަރާތްތަކުންވެސް އެކަމަށް ސަމާލުވެގެން، ކޮންމެ ބަޔަކުމެ އެބަޔެއްގެ ޒިންމާ ފުރިހަމަޔަށް އަދާކޮށްގެންކަން އިނގޭ ޙާލު އަޅުގަނޑުމެންނަށް އެ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާކުރެވޭތޯ ކަމާއި މެދު، ހަމަ ކޮންމެ މީހަކުމެ އަދި ކޮންމެ ފަރާތެއްމެ ސުވާލު ކޮށްލުމަކީ ރަނގަޅުކަމެއްކަންނޭގެއެވެ.


4 comments:
mi dhigu artice kiya nimun iruves suruheega oi suvaaluge javaabu nulibun. hassan e suvaaluge javaabu dheyn veenu?
thee hama javaabu neygey suvaaleh. mi liyumuga bodah ali alhuvaalee zinmain rekuneema libey gellumaai eygein reken nujehey kamah. rekey meehun rekey sababu ingeynee hama emeehunna... zinma thah varah gina, ekam identify kureveny madhu kameh, ethanun attend kureveny adhi iyavvuren madhu kamakah... komme sababaakai hureves zinmain rekumakee eyge hithikan fahun hama emeehakah kuraane kameh!
އެންމެ ފުރަތަމަ ކޮންމެ މީހަކުވެސް އެމީހެއްގެ ފަރުދީ ޒިންމާ އަދާ ކުރުމަކީ އިޖުތިމާއީ ޒިންމާގެ ކުރިން މުހިންމު ކަމެކެވެ. ފަރުދީ ޒިންމާ އަކީ ތިމާ އާއި ފަރުދީ ނުވަތަ ޕާރސަނަލް ގޮތެއްގައި ހަވާލު ކުރެވޭ ޒިންމާއެވެ. މީގެ ތެރޭގައި ވަޒީފާގެ މަސްއޫލިއްޔަތު، އާއިލާގެ މަސްއޫލިއްޔަތު އަދި ތިމާ އަމިއްލައަށް އިސްނަގައި ހަވާލުވާ ކަންތައްތައް ހިމެނެއެވެ. މިދެންނެވި ފަރުދީ ޒިންމާ އަހަރެމެން ނަގާހާ ހިދަކު އަހަރެމެންގެ ހަޑި ފޮހެން ޖަމާއަތުގެ އެހެން މީހުންނަށް ނުޖެހޭނެ ކަން ކަށަވަރެވެ. ވީމާ ޒިންމާ ނަގަންވީ ތިމާ ތިމާގެ ކަންކަމަށެވެ. ތިމާ ތިމާގެ ކަންކަން ފަސްކުރުމަށްފަހު އެހެން މީހުންގެ ޒިންމާތައް އަދާ ކުރަން ހުއްޓަސް ހުރިހާ ކަމެއް އަދި ރަގަޅެއް ނުވާނެއެވެ. މަތިންދާބޯޓުގައި ބުނާހެން "އެހެންމީހުންނަށް ހާޒިރު ވުމުގެ ކުރިން ތިމާއަށް ރައްކާތެރިވާށެވެ".
ebayegge emme asaasee zinma gaanoonakun bunedheykah nujehey. komme meehakavves evaru visnen vaane. miqaumuga massala akee emmen maa amilla edhun boduvun. komme kamegga zaathee kantha iskurun. adhi binaa kurumavvuren neygi namaves halaakkah masakkai kurun.
Post a Comment
ތިޔަބޭފުޅުންގެ ޙިޔާލު ދެއްވާ... ޙިޔާލު ދެއްވާ އިރުގައި ދިވެހި ބަހުން ދެއްވުން އެދެވިގެންވެއެވެ. އަދި ނަން ހާމަކޮށްލެއްވުންވެސް ރަނގަޅުވާނެއެވެ. ޝުކުރިއްޔާ! - ހަވަރުއޮންލައިން ޓީމް