މިއަދު އިރުއޮއްސި ހަގަޑިބައި ކަންހާއިރު ތިނަދޫ ހިއްކި ސަރަޙައްދު ގްރީންއޭރިއާގެ އުތުރުން އޮންނަ މަގުން ހުޅަގުން އިރަށް ބާރު ދުވެއްޔެއްގައި ދުއްވާފައި އައި ސައިކަލަކާއި ހުޅަގުން އިރަށް ދުއްވާފައިދިޔަ ކާރެއްޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިގައިފިއެވެ. ޙަބަރުލިބޭގޮތުގައި ސައިކަލް ދުއްވަމުންދިޔައީ ގައިގަޑަކަށް ގަޑިޔަކު 80 ކިލޯމީޓަރު ބާރުމިނުގައެވެ. ކާރުގައި ޖެހުމުން ވިއްސައިގެންގޮސް ސައިކަލުގައި ތިބި ދެމީހުން ޖެހުނީ އޭގެ ގައިގަޑަކަށް 30 ވަރަކަށް ފޫޓު ދުރުގަ ކަމަށް މަންޒަރުދުށް މީހުން ހާމަކުރިއެވެ.
މި ހާދިސާގައި އެންމެ ބޮޑަށް އަނިޔާވީ ސައިކަލް ފަހަތުގައި އިން ގދ ތިނަދޫ ޗިޗަންޑާގޭ އަޙުމަދު މާހިން އަށެވެ. އޭނާގެ އަތުންނާއި ފައިން ކޮންމެވެސް ވަރަކަށް ކަށިތައް ބިންދައިގެން ގޮސްފައިވާކަމަށް މަޢުލޫމާތު ލިބެއެވެ. އެ ސައިކަލް ދުއްވަން އިނީ މިމަހު 13ވަނަ ދުވަހު ތިނަދޫގައި ހިގި ނުރައްކާތެރި އެކްސިޑެންޓުގައި ޒުވާނަކު ނިޔާވި ހާދިސާގައިވެސް ސައިކަލް ދުއްވަންއިން ގދ ގައްދޫ މިނިވަން އައްސޭރި އަޙުމަދު ހާޝިމްއެވެ. އަދި ކާރުގައި އެވަގުތު ދުއްވަން އިނީ ގދ ތިނަދޫ ފެހިކުރި އަބްދުﷲ ފަޙުދުއެވެ.
މިހާދިސާގައި އަނިޔާވި ދެމީހުންނަށްވެސް މިހާރު ތިނަދު ރީޖަނަލް ހޮސްޕިޓަލުން ފަރުވާދެމުން ގެންދާކަމަށާއި އެފަރާތްތަކުގެ ހާލަތާއިމެދު އެއްޗެއް ދަންނަވަން އަވަސް ކަމުގައި ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގެ ސިއްޙީ އޮފިޝަލަކާއި ހަވާލާދީ އެވަގުތު ހޮސްޕިޓަލުގައި ހުންނެވި ފަރާތަކުން މަޢުލޫމާތު ދިނެވެ. އަދި މިހާދިސާގައި އެކްސިޑެންޓްވި ކާރާއި ސައިކަލަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މިހާދިސާ ފުލުހުން ދަނީ އިތުރަށް ތަހުޤީގު ކުރަމުންނެވެ.

2 comments:
thee dhen boduvaru. alhe thi saikal dhuvvan in kujja maithirivaan vejje ennu. kiha dhera kamehtha mee.
ebunaahen... thinadhoo in beyru kohlan v nu dhen... thi haa baarah dhuhvva hiy vanyya gadhoo ah goss dhuhvyma v nu.....
Post a Comment
ތިޔަބޭފުޅުންގެ ޙިޔާލު ދެއްވާ... ޙިޔާލު ދެއްވާ އިރުގައި ދިވެހި ބަހުން ދެއްވުން އެދެވިގެންވެއެވެ. އަދި ނަން ހާމަކޮށްލެއްވުންވެސް ރަނގަޅުވާނެއެވެ. ޝުކުރިއްޔާ! - ހަވަރުއޮންލައިން ޓީމް