Wednesday, February 10, 2010

ރައީސް ނަޝީދު، ތިނަދުއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެރަށުގެ މުއައްސަސާތަކުގެ ވެރިންނާއި ކަމުވޮށިވެގެންވާ ބޭފުޅުންނާ މިއަދު ބައްދަލުކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ހުވަދުއަތޮޅު ދެކުނުބުރީ ތިނަދުއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ތިނަދޫގެ އެކި މުއައްސަސާތަކުގެ ވެރިންނާއި ކަމުވޮށިވެގެންވާ ބޭފުޅުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި، ތިނަދުއަށް ކުރިމަތިވެފައިވާ އެކި ދަތިތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ މަޢްލޫމާތު އޮޅުންފިލުއްވިއެވެ. އަދި ސަރުކާރުން ތިނަދޫގެ ކުރިއެރުމަށާއި ތަރައްޤީއަށް ކުރައްވަން ރާއްވަވާފައިވާ ކަންތައްތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ އެބޭފުޅުންނަށް މަޢްލޫމާތު ދެއްވިއެވެ.
އެއަށްފަހު، ރައީސުލްޖުމްހޫރިއްޔާ ގދ. އަތޮޅު ތަޢްލީމީ މަރުކަޒަށް ޒިޔާރަތް ކުރައްވައި އެ މަރުކަޒުގެ ކަންތައްތައް ހިނގަމުންދާ ގޮތާއި، މަރުކަޒަށް ދިމާވެފައިވާ ދަތިތަކާ ބެހޭގޮތުން މަޢްލޫމާތު އޮޅުންފިލުއްވިއެވެ. ތިނަދޫ ހައުސިންގ ޕްރޮޖެކްޓާބެހޭ މަޢްލޫމާތު، ތިނަދޫ ރައްޔިތުންނަށް ދެއްވުން މިއަދު މެންދުރުފަހު އޮތެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ގެދޮރު އެޅުމުގެ މަޝްރޫއަކީ، ސަރުކާރުން ވަރަށްބޮޑު އިސްކަމެއް ދެއްވައިގެން ހިންގަވާ މަޝްރޫޢެއް ކަމަށާއި، މިއީ، ސަރުކާރުގެ ފަސް ވަޢުދުގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު ވަޢުދެއް ކަމުގައި ވިދާޅުވި އެވެ.
ރާއްޖޭގެ ކޮންމެ ޕްރޮވިންސެއްގައި 1000ގެ އެޅުމުގެ މަޝްރޫޢުގެ ދަށުން، ޖުމްލަ 85 ރަށެއްވަނީ ގެތައް އެޅުމަށް ސަރުކާރުން ކަނޑައަޅުއްވާފައެވެ. މިގޮތުން ޓާޓާ ހައުސިންގ ޑިވެލޮޕްމަންޓް ކޮމްޕެނީ ލިމިޓެޑުގެ ފަރާތުން ތަރައްޤީ ކުރައްވާ 250 ގޭގެ ތެރެއިން 150 ގެ ގދ. ތިނަދޫގައި ތަރައްޤީ ކުރައްވާ ގޮތަށް ސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ، ތިނަދޫގެ ޢާންމު ޙާލަތު މިއަދު ހަވީރު ބައްލަވާލެއްވިއެވެ
ޚަބަރު: ޓީ ވީ އެމް

0 comments:

Post a Comment

ތިޔަބޭފުޅުންގެ ޙިޔާލު ދެއްވާ... ޙިޔާލު ދެއްވާ އިރުގައި ދިވެހި ބަހުން ދެއްވުން އެދެވިގެންވެއެވެ. އަދި ނަން ހާމަކޮށްލެއްވުންވެސް ރަނގަޅުވާނެއެވެ. ޝުކުރިއްޔާ! - ހަވަރުއޮންލައިން ޓީމް

ސިޔާސީ ޚަބަރު

އިތުރު ލިޔުންތައް

މުޖުތަމަޢު

އިތުރު ލިޔުންތައް

ކުޅިވަރު

އިތުރު ލިޔުންތައް

ތާރީޙުގެތެރެއިން

އިތުރު ލިޔުންތައް
 
HavaruOnline Copyright © 2009 CHOCO | Editor: Hassan Abdulla