ޢަބުދުﷲ ޙިލްމީ :
ހުވަދުއަތޮޅު ދެބައި ކުރުމަށްފަހު ދެކުނުބުރީ ގެ އެންމެފުރަތަމަ އަތޮޅުވެރިޔަކީ ގައްދޫ ވައިލެޓްވިލާ އަލްފާޟިލް ޙުސައިންމަނިކެވެ. އޭގެ ކުރިން ގައްދޫގެ ކަތީބަކަށްހުންނެވި ވެރިޔާއެވެ. އޭނާއަކީ ރައްޔިތުންނަށް އޯގާތެރި ހެޔޮކޮށް ކަންތައްތައް ކުރެއްވި ބޭފުޅެކެވެ. ގައްދޫގައި އަތޮޅުއޮފީސް ހިންގެވުމަށްފަހުގައި ދެވަނަފަހަރަށް ތިނަދޫގައި މީހުން ވަޒަންވެރިވެ އަތޮޅުއޮފީސް ތިނަދޫއަށް ބަދަލުވުމުން ތިނަދޫގައި ހުންނެވި އެވެ. ގދ- އަތޮޅުގެ އެންމެ ގިނަމީހުންގެ އިޙްތިރާމް މިހާތަނަށް ލިބިވަޑައިގެންނެވި ހަމައެކަނި ވެރިޔަކީވެސް އަލްފާޟިލް ޙުސައިންމަނިކު ކަމުގައި އަޅުގަޑު ދެކެމެވެ. އެޒަމާނަށް ބަލާއިރުވެސް އަތޮޅުގެ ކުރިއެރުމާއި ރައްޔިތުންގެ މަންފާއަށްޓަކައި ކޮށްދެއްވެންއޮތް ހުރިހާކަމެއް ކޮށްދެއްވޭތޯ ބައްލަވައި ކުރެއްވުމާއި އަދި އޭނާގެ އާދަޔާއި ޚިލާފު މިޒާޖާއި އޯގާތެރިކަމަކީ މިކަން މިހެންވުމުގެ ވަރަށްބޮޑު ސަބަބެއް ކަމުގައި އަޅުގަޑު ދެކެމެވެ.

ގައްދޫގައި އަތޮޅުވެރިއަކަށް ހުންނެވިއިރުވެސް އިޖްތިމާޢީ ކަންކަމަށް ޚާއްޞަކަމެއް ބެހެއްޓެވިކަން އެގެއެވެ. އެކިއެކި މުނާސަބާތަކަށް ރަށްރަށުގެ އަބާތުރަ ފިލުއްވެންއޮތް ވަރަކުންފިލުއްވައި އެކުވެރިކަމާއި ގުޅުންބަދަހި ކުރެއްވުމުގެ ޙަރަކާތްތައް ގައްދޫގައި ވެސް ހިންގެވިއެވެ. އަތޮޅުގެ ރަށްރަށުން އިޖްތިމާޢީ ކުޅިވަރުތަކުގެ ޓީމްތައް ގައްދޫއަށް ގެންދަވައި އަތޮޅުއޮފީހުގެ ބެއްލެވުމުގެ ދަށުން ހުރިހާ އިންތިޒާމެއް ހަމަޖައްސަވައި ވަރަށްފޯރީއާއި ޖޯޝްގައި ޒުވާނުންނާއި މީހުން ކުޅިވަރުތައްވެސް ކުޅެއުޅުނެވެ. ގައްދޫގެ ކުދި ބޮޑު އެންމެންގެ ޢަމަލީ ތަރުޙީބު އޮވެގެންނެވެ. ޙުސައިންމަނިކުގެ އަތޮޅުވެރިކަމުގައި އެރަށަށް ޒިޔާރަތްކުރި އެއްވެސް ކުޅިވަރުގެ ޓީމަކަށް އެރަށުގެ އެއްވެސްކަމަކާއި މެދު ހިތްހަމަނުޖެހިގެން އުޅޭކަށް ނުޖެހެއެވެ. ވާދަވެރި ކުޅިވަރުތަކުގައި ކުރިމަތިލާ ދެޓީމެއްގެ ދެމެދުގައި ކުޅިވަރުގެ މައިދާނެއްގައި ކުޅިވަރުގެ ރޫޙާއި ޚިލާފު ކުޑަކުޑަ ކަމެއްހިގާފައިވިއަސް އަތޮޅުގެ އެއްވެސް ރަށެއްގެ އެއްވެސް ކުޅުންތެރިއަކަށް ހިނިތުންވުމާއި އުފާވެރިކަމާއި އެކުވެރިކަން ނޫނީ ޙުސައިންމަނިކުގެ އަތޮޅުވެރިކަމުގައި ގައްދޫއިން ފެނިފައިނުވެއެވެ. މިހާޞަރީޙަކޮށް މިވާހަކަ ލިޔަންޖެހުނީ އޭރަށް ބަލާއިރު ދުރުނޫން މާޒީއެއްގައި ގައްދޫއާއި މެދު އެކަށީގެންނުވާ ކަންތައްތަކެއް އަތޮޅުގެ ބައެއް ރަށްރަށުގެ ބައެއް މީހުންގެ ފަރާތުން ހިގާފައިވުމާއެކުވެސް ޙުސައިންމަނިކުގެ ވެރިކަމުގައި އިޖްތިމާޢީ ޢަދާލަތުގެ ފުރިހަމަކަން އޮތް ބޮޑުކަމާއި ސިޔާސީ ހަމަޖެހުމުގެ ބޮޑުކަމުން އެރަށުގައި ކުޑަނަމަވެސް ނުތަނަވަސްކަމެއްގެ އަސަރު ބޭރުންއަރާ ބަޔަކަށް ފެންނަށް ނެތުމުންނެވެ. ޙުސައިންމަނިކަކީ އަޅުގަޑު ދުށްގޮތުގައި ކުރުގޮތަކަށް ބަޔާންކުރަންދަތި ވަރަށް އާދަޔާއިޚިލާފު ސިޔާސަތެއްގެ ވެރިއެކެވެ.
ހަވަރުތިނަދޫން މީހުން ބާލައި އެ ރަށުގެ ގިނަމީހުން ދަތިހާލުގައި ޖެހިގެން ކަންބޮޑުވެގެން އުޅުނުއިރު އެމީހުންނަށް ކާބޯތަކެތީގެ ގޮތުންނާއި އެހެނިހެން ގޮތްގޮތުންވެސް އެންމެބޮޑަށް އެހީތެރިވެދެއްވި އެއްބޭފުޅަކީވެސް އަލްފާޟިލް ޙުސައިންމަނިކެވެ. ގައްދޫ އަލްފާޟިލް ޢަލިކަލޭގެފާނާއި އޭރުގެ އަނބިކަބަލުން އަލްފާޟިލާ އާމިނަތު އިސްމާޢީލް އަކީވެސް ފާހަގަ ކުރެވޭ ދެބޭފުޅުންނެވެ. އާމިނަތު އިސްމާޢީލް އަކީ ގައްދޫ އަލްފާޟިލް އިސްމާޢީލް ވަތަބަޑޭރިކަލޭގެފާނު ގެ ދަރިކަނބަލެކެވެ. ކާބޯތަކެތީގެ ގޮތުން ބަޔަކަށް ދަތިވި މިކަހަލަ ބޭނުންތެރި ވަގުތެއްގައި މިބޭފުޅުން މިދެއްކެވި ހެޔޮފުޅު ކަމަކީ ފާހަގަކުރަންޖެހޭ ކަމެކެވެ. ޢިބުރަތްތެރި ކަމެކެވެ. މިލިޔުމުގައިވާ ވާހަކަތައް މި ލިޔަނީ އެވާހަކަތައް މީހަކު ހަމައެކަނި ބުނީތީއެއް ނޫނެވެ. އެކަން ރަގަޅަށް ދެނެހުރެގެންވެސް މެއެވެ. އަޅުގަޑު ނޫން މިފަދަ ކިތަންމެބަޔަކުވެސް އެބަތިއްބެވެ. ހަވަރުތިނަދޫން މީހުން ބާލާފައި އޮތްއިރު ކާބޯތަކެތި ހޯދަން ބަޔަކު ގައްދޫއަށް ކުރި ދަތުރެއްގައި އަޅުގަޑަށް ދެވުނެވެ. އެފަހަރު ލޮލަށްފެނި ސިކުޑިއަށް އެގުނުކަންތައްތަކެއްވެސް އެބަހުއްޓެވެ. ގައްދޫގައި އަތޮޅުއޮފީސް ހިންގިއިރު ތިނަދޫން އެ ރަށަށް ދިޔަ ކުޅިވަރުގެ ޓީމްތަކާއެކު ވެސް ގިނަފަހަރު އަޅުގަޑު އެރަށަށް ދިޔައީމެވެ. އަދި ޙުސައިންމަނިކުގެ އަތޮޅުވެރިކަމުގައި ތިނަދޫގައި ހުންނެވިއިރު އޭނާ ވެރިކަމުގެ ގޮތުން ކުރައްވާ ގިނަކަންކަން އެންމެކައިރިން ފެންނަހިސާބެއްގައި ވެސް އެއްދުވަސް ވަރު އަޅުގަޑަށް ވަނީ އުޅެވިފައިމެއެވެ.
ޙުސައިންމަނިކަކީ ގދ- އަތޮޅުގެ އެންމެގިނަމީހުންގެ އިޙްތިރާމް މިހާތަނަށް ލިބިވަޑައިގެންނެވި ހަމައެކަނި އަތޮޅުވެރިޔާ ކަމުގައި ހާމަކޮށްފައި އެވަނީ ގދ- ގެ ގިނަ އަތޮޅުވެރިންގެ އަރިހުގައި އަޅުގަޑަށް މަސައްކަތް ކުރެވުމުގެ ފުރުޞަތުލިބިފައިވާތީ އާއި މިނޫނަސް ގދ- ގެ އަތޮޅުވެރިކަން ކުރެއްވި ބޭފުޅުންނާއި މެދު މީހުންގެ އިޙްތިރާމް އޮންނަގޮތެއް މުޅީން ނޭގޭވަރަށްވުރެ ދުރަށް ދެވިފައި ނުވުމާއެކުގައެވެ. މިހާރު އަވަހާރަވެ ގިނަދުވަސްތަކެއް ވެފައިވާ ބޭފުޅަކާމެދު އެބޭފުޅެއްގެ ކުރު ތަޢާރަފެއް ދެވިއްޖެކަމަށް ގަބޫލުކުރެވެއެވެ. މިއީ އެބޭފުޅަކާއިމެދު އަޅުގަޑު ދުށްގޮތެވެ. އަޅުގަޑަށް ގަބޫލުކުރެވޭ ގޮތެވެ. ހުވަދުއަތޮޅު ދެކުނުބުރީގެ ފުރަތަމަ އަތޮޅުވެރިޔާ ގައްދޫ ވައިލެޓްވިލާ އަލްފާޟިލް ޙުސައިންމަނިކު އަވަހާރަވީ އަތޮޅުވެރިކަމުން ވަކިވެވަޑައިގެން ގައްދޫގައި ހުންނަވަނިކޮށްނެވެ. މާތް ﷲ އެމަރްޙޫމަށް ސުވަރުގޭގެ ދާއިމީ މަތިވެރި ނިޢުމަތް ލައްވާށިއެވެ.

1 comments:
hussainmanik ge furaanaya mai allah rahumai lavvaashi
Post a Comment