އިއްޒަތްތެރި މެމްބަރުން... އޮނުއޮރިޔާން ނުވާށެވެ!


ފަހަކަށްއައިސް ސްޓާ ޕްލަސް އިން ދައްކާ "ކަސޯޓީ" ނުވަތަ "ކަހާނީ ގަރް ގަރްކީ" ފަދަ ޑްރާމާތައް ފަހަތައްޖައްސާލުމަށްފަހު އެންމެ މަޤުބޫލް ޓީވީ ސިލްސިލާގެ މަޤާމް ހޯދީ މަޖިލިސްގެ ޖަލްސާތަކެވެ. ލޯބިވެރިންގެ ކުޅިގަނޑު ނުފެނުން ކަމުގައި ވިޔަސް ދީވާނާވެފަ ތިބޭތަން ބައެއްފަހަރު ފެނެއެވެ.

މިހިގާ ރައްޔިތުންގެ މަޖިލީހަށް އެއް އަހަރު ވެގެންދިޔައިރު އަދި ފާސްކުރެވުނީ އެންމެ އަށް ބިލެވެ. ކޮންމެ ޖަލްސާއަކަށް މަދުވެގެން އެއް ލައްކަ ރުފިޔާ ޚަރަދުކޮށްގެން އަޅެފަހެ އިއްޒަތްތެރި މެމަބަރުން ކުރަނީ ކީއްބާއޭ ހިތަށް އަރައެވެ. މަޖިލިސް މިހާރު ސިފަކުރެވެނީ ރައްޔިތުންގެ މަޖީލީހަށްވުރެން ސިޔާސީ ދާދާއިންގެ މަޖިލީހަކަށެވެ. ސަބަބަކީ މިމަޖިލީހުން ރައްޔިތުންގެ ކަންތަށް ބާއްވާފައި އަބަދުވެސް ބަހުސް ކުރަނީ ކޮންމެވެސް ދާދާއެއްގެ އިނާޔަތާއި ބެހޭގޮތުންނެވެ. ނޫނީ ކޮންމެވެސް ދާދާއެއްގެ ވިޔަފާއި ބަގުރޫޓޫވިޔަ ނުދިނުމަށެވެ. ނުވަތަ ކޮންމެވެސް ދާދާއެށް ކޮށްފައިއޮތް ބޮޑު ޖަރީމާއެއް ނެތިކޮށްލަންށެވެ.

އިއްޒަތްތެރި މެމްބަރުން މީޑިޔާއިން ނުދައްކައިގެންވެސް މިދިޔަ ހަފްތާގައި ޖަލްސާ މެދު ކަނޑާލައި ނިޒާމީ ނުކުތާގެ ސުނާމީއެށް މަޖިލިސް ކުރާ ގެއަށް އެރިއެވެ. އަޅުގަނޑު ހިތުގަ އުފެދޭ ސުވާލަކީ، ކީއްވެގެންތޯ އިއްޒަތްތެރި މެމްބަރުން އަމިއްލަޔަށް "އޮނު އޮރިޔާން" ވާތަން އެހެންމީހުންނަށް ދައްކަން މިއުޅެނީ؟

ދިވެހިރާއްޖެ ނުދެކޭފަދަ ސިޔާސީ މިނިވަންކަމަކާއި ޒަމާނުންސުރެން އޮންނަ އަދުލު އިންސާފުގެ ނަހަމަކަން އެއްވީމަ އަދި މިވާވަރު ކުޑައޭ ހިތަށް އަރައެވެ. އިންޑިޔާގެ ޓާޓާ ކުންފުނީގެ މުވައްޒަފުންނަށް ވުރެ މަދު އާބާދީ އެއް އޮންނަ މިޤައުމުގެ އެންމެހާ ކަންތަށް އެފުށް މިފުށަށް ޖެހި މީސްތަކުންނަށް ވާނުވާ ނޭގި ޒުވަނުންގެ ތެރެއިން ބޮޑުބަޔެއް ސައުވީސް ގަޑި އިރު ހަމައިގައި ނުހުރެފައި މުސްކުޅިވާ ހާލު ދެފައި ދަނޑިޔަށް ހީސްލެވިފައި ތިބުން މީ ހައިރާން ވާންޖެހޭ ނުވަތަ ކަންބޮޑުވާން ޖެހޭ މައްސަލައެކެވެ.

މި ޤައުމުގައި ހަމައިނެއްޓި ހައްދުފަހަނަޅާފައިވާ ކަންތަކުގެ ވާހަކަ އެހެން ފަހަރަކުން ލިޔާނަމެވެ. މި ލިޔުމުގައި ހާމަކޮށްލަން ބޭނުންވަނީ އިއްޒަތްތެރި މެމްބަރުން އެމެމްބަރުން ތަމްސީލުކޮށްދޭ ރައްޔިތުންގެ ކަންތަކުގައި ނޫޅޭ ވާހަކައެވެ. ޕާޓީގެ ޓިކެޓުން އަޔަސް ރައްޔިތުން ނޭދޭގޮތަކަށް އެއްވެސް މެމްބަރަކު އަމަލުކުރުމަކީ ސުލޫކުން ބޭރުކަމެކެވެ. އަދި އެފަދަ ކަމަކަށް އެއްވެސް ޕާޓީއަކުން ގޮވާލުމަކީ އެޕާޓީވެސް ތަސައްރަފު ނުފުރޭ ކަމެވެ.

މި ލިޔުމުގައި އިއްޒަތްތެރި މެމްބަރުންގެ ރަނގަޅުކަންތަކުގެ ވާހަކަވެސް ދައްކާކަށް ނެތީމެވެ. މީގެ މާނައަކީ އެ މެމްބަރުންގެ އެއްވެސް ރަނގަޅުކަމެއް ނެތީކީނޫނެވެ. ރަނގަޅުކަންތަށްވެސް ބައިވަރެވެ. އެހެނަސް މިފަހަރު މިފަހަރު އޮތީ "ނ" ގެ ވާހަކަތަކެވެ...

(ނުނިމޭ)  

1 comments:

Anonymous said...

އޮނުއޮރިޔާން ވުމަކީ ކޮބައިތަ؟

Post a Comment

 

ޗޮކޯގެ ޚަބަރު

ކުޅިވަރު

ސިޔާސީ

މުޖުތަމައު

HavaruOnline Copyright © 2009 CHOCO | Designed by Hassan Abdulla