މަތިދެކުނު ޕްރޮވިންސްގެ ގދ އަތޮޅު ތަޢުލީމީ މަރުކަޒުގެ އެތްލީޓުން ފަޙުރުވެރި ކާމިޔާބީތަކަކާއެކު އެނބުރި ތިނަދޫއަށް ހިނގައްޖެ


މަތިދެކުނު ޕްރޮވިންސްގެ ގދ އަތޮޅު ތަޢުލީމީ މަރުކަޒުގެ އެތްލީޓުން ފަޙުރުވެރި ކާމިޔާބީތަކަކާއެކު އެނބުރި ތިނަދޫއަށް ހިނގައްޖެއެވެ. އެތްލެޓިކްސް ޓީމް ތިނަދޫއަށް ދިއުމުން ތިނަދޫގަ ހުންނަ ސަރުކާރުގެ އޮފީސްތަކުގެ އިސްވެރިންނާ ތިނަދޫ ރައްޔިތުންނާ ގދ އަތިޅު ތަޢުލީމީ މަރުކަޒުގެ ފަރާތުންވަނީ ގުލްދަސްތާއިން ވަރަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ. އަދި ސްކޫލާ ހަމައަށް އެތްލީޓުން ގެންގޮސްފައިވަނީ ބޮޑުބެރުޖަހަމުންނެވެ.
ގދ. އޭއީސީގެ އެތްލީޓުންވަނީ މިއަހަރުގެ މަކިޓާއިން އެންމެ އުރުފުރައަކުން ފިޔަވާ ހުރިހާ އުމުރުފުރައަކުންވެސް އެއްވަނަ ހާސިލްކޮށްފައެވެ. އަދި ތިރީސް އަށް ގޯލްޑް މެޑަލާ 29 ސިލްވާ މެޑަލުގެ އިތުރުން އެގާރަ ބްރައުންޒް މެޑަލާއެކު ހަތްދިހަ އަށް މެޑަލް ހޯދާފައެވެ. އދި އޭއީސީގެ އެތްލީޓެއް ކަމުގައިވާ އިނާޔާ ވަނީ ދުވުމުން ޤައުމީ އައު ރެކޯޑެއް ޤާޢިމްކޮށްފައެވެ.  

0 comments:

Post a Comment

 

ޗޮކޯގެ ޚަބަރު

ކުޅިވަރު

ސިޔާސީ

މުޖުތަމައު

HavaruOnline Copyright © 2009 CHOCO | Designed by Hassan Abdulla