ގދ ތިނަދޫ ޕޮލިސް ސްޓޭޝަނުން ރޭގަ ހިންގި ހާއްސަ އޮޕަރޭޝާނަކުން ތިނަދޫގެ ގެއެއްގެ ޓީވީއެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ޒާތުގެ އެއްޗެހި އަޅާފައިހުރި ބުލެޓް ސައިޒުގެ 20 ޕެކެޓް އަތުލައިގެންފި ކަމުގައި ތިނަދޫ ޕޮލިސް ސްޓޭޝަނުން ހާމަކޮށްފިއެވެ. މި އޮޕަރޭޝަނުން އެކަކު ވަނީ ތަޙުގީގަށްޓަކައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ގދ އަތޮޅުގައި 2008 ވަނަ އަހަރަށްވުރެން 2009 ވަނަ އަހަރު ކުށް ގިނަކަމުގައި ތިނަދޫ ޕޮލިސް ސްޓޭޝަން އިން ހާމަކޮށްފި
2009 ވަނަ އަހަރު ގދ އަތޮޅުގެ ރަށްތަކުން މުޅި ޖުމްލަ 348 މައްސަލަ ހުށެހެޅިފައިވާކަމުގައި ތިނަދޫ ޕޮލިސް ސްޓޭޝަނުން ހާމަކޮށްފިއެވެ. ތިނަދޫ ޕޮލިސް ސްޓޭޝަނުން ހާމަކުރި ގޮތުގައި މި އަދަދަކީ 2008 ވަނަ އަހަރާއި އަޅާބަލާއިރު ބޮޑު އަދަދެއްކަމަށެވެ. އަދި ގިނައިން ރިކޯޑް ކުރެވިފައި ހުރީ މާރާމޭރީގެ މައްސަލަތަކާއި، މަސްތުވާތަކެތީގެ މައްސަލައާއި ވައްކަމުގެ މައްސަލައެވެ.
މި ރިކޯޑްތަކަށް ބަލައިލާއިރު ގދ ތިނަދޫގައި ރިކޯޑް ކުރެވިފައި ހުރި މައްސަލަތައް ނިސްބަތުން ގިނަކަން ފާހަގަކުރެވެއެވެ. ހަމަ އެހެންމެ ފާއިތުވި އަހަރު ގދ އަތޮޅުން އެންމެ ކުށް މަދު ރަށެއްގޮތުގައި ފާހަގަ ކުރެވެނީ ގދ ފިޔޯރީއެވެ.
މިއަހަރު ކުށް މަދުކުރުމުގެ ޕްރޮގްރާމްތަކެއް ހިންގާނެ ކަމުގައި ތިނަދޫ ޕޮލިސް ސްޓޭޝަނުން ވަނީ ހާމަ ކުރައްވާފައެވެ. އޭގެ ތެރޭގައި މުޖުތަމައުން ކުށް މަދުކުރުމަށް ބާރު އަޅާނެ 'ކްރައިމް ޕްރިވެންޝަން ކޮމިޓީ' ގެ ނަމުގައި ޙާއްސަ ކޮމިޓީއެއް އެކުލަވާލަން އެފަރާތުން ރާއްވަވާފައިވެއެވެ. އަދި ހަމަ އެހެންމެ އަމާން މާހައުލެއް ބިނާ ކުރުމަށްޓަކައި ތަފާތު ގޮތްގޮތަށް ހޭލުންތެރިކުރުމުގެ ޙަރަކާތްތަކެއް ހިންގަވާނެ ކަމަށްވެސް މަޢްލޫމާތު ދެއްވާފައިވެއެވެ. މިހުރިހާ ޙަރަކާތެއްގައިވެސް އާންމުންނާއި މަދަނީ އެހެން ފަރާތްތަކުގ އެހީތެރިކަމާއި އެއްބާރުލެއްވުން އެފަރާތަށް ދެއްވުމަށް އެދިލެއްވާފައިވެއެވެ.
ގައްދޫ | ވާދޫ | ފަރެސްމާތޮޑާ | ފިޔޯރީ | ރަތަފަންދޫ | ނަޑައްލާ | ހޯޑެއްދޫ | މަޑަވެލި | ތިނަދޫ | މައްސަލައިގެ ބާވަތް | |||||
18 | 2 | 7 | - | 6 | 1 | 6 | 8 | 54 | ވައްކަން | |||||
28 | 5 | 13 | - | 7 | 6 | 7 | 7 | 28 | މާރާމޭރި | |||||
5 | 1 | 2 | - | 2 | - | 2 | 1 | 11 | ބަދުއަޙުލާގީ | |||||
12 | - | 2 | - | 5 | 1 | 2 | - | 20 | މަސްތުވާތަކެތީގެ | |||||
2 | - | - | - | - | - | - | 1 | 5 | އެކްސިޑެންޓް | |||||
1 | 1 | - | - | 2 | - | - | 1 | 1 | ވާޖިބަށް ހުރަސް އެޅުން | |||||
3 | - | 4 | - | 1 | 1 | 1 | 9 | 9 | މުދަލަށް ގެއްލުން ދިނުން | |||||
4 | 2 | 9 | 2 | 7 | 2 | 3 | 4 | 13 | އެހެނިހެން | |||||
73 | 11 | 37 | 2 | 29 | 11 | 20 | 24 | 141 | ޖުމްލަ |
ކާރަކާއި ސައިކަލެއް ޖެހި އަނެއްކާވެސް ނުރައްކާތެރި އެކްސިޑެންޓެއް ތިނަދޫގައި ހިގައިފި
މިއަދު އިރުއޮއްސި ހަގަޑިބައި ކަންހާއިރު ތިނަދޫ ހިއްކި ސަރަޙައްދު ގްރީންއޭރިއާގެ އުތުރުން އޮންނަ މަގުން ހުޅަގުން އިރަށް ބާރު ދުވެއްޔެއްގައި ދުއްވާފައި އައި ސައިކަލަކާއި ހުޅަގުން އިރަށް ދުއްވާފައިދިޔަ ކާރެއްޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިގައިފިއެވެ. ޙަބަރުލިބޭގޮތުގައި ސައިކަލް ދުއްވަމުންދިޔައީ ގައިގަޑަކަށް ގަޑިޔަކު 80 ކިލޯމީޓަރު ބާރުމިނުގައެވެ. ކާރުގައި ޖެހުމުން ވިއްސައިގެންގޮސް ސައިކަލުގައި ތިބި ދެމީހުން ޖެހުނީ އޭގެ ގައިގަޑަކަށް 30 ވަރަކަށް ފޫޓު ދުރުގަ ކަމަށް މަންޒަރުދުށް މީހުން ހާމަކުރިއެވެ.
މި ހާދިސާގައި އެންމެ ބޮޑަށް އަނިޔާވީ ސައިކަލް ފަހަތުގައި އިން ގދ ތިނަދޫ ޗިޗަންޑާގޭ އަޙުމަދު މާހިން އަށެވެ. އޭނާގެ އަތުންނާއި ފައިން ކޮންމެވެސް ވަރަކަށް ކަށިތައް ބިންދައިގެން ގޮސްފައިވާކަމަށް މަޢުލޫމާތު ލިބެއެވެ. އެ ސައިކަލް ދުއްވަން އިނީ މިމަހު 13ވަނަ ދުވަހު ތިނަދޫގައި ހިގި ނުރައްކާތެރި އެކްސިޑެންޓުގައި ޒުވާނަކު ނިޔާވި ހާދިސާގައިވެސް ސައިކަލް ދުއްވަންއިން ގދ ގައްދޫ މިނިވަން އައްސޭރި އަޙުމަދު ހާޝިމްއެވެ. އަދި ކާރުގައި އެވަގުތު ދުއްވަން އިނީ ގދ ތިނަދޫ ފެހިކުރި އަބްދުﷲ ފަޙުދުއެވެ.
މިހާދިސާގައި އަނިޔާވި ދެމީހުންނަށްވެސް މިހާރު ތިނަދު ރީޖަނަލް ހޮސްޕިޓަލުން ފަރުވާދެމުން ގެންދާކަމަށާއި އެފަރާތްތަކުގެ ހާލަތާއިމެދު އެއްޗެއް ދަންނަވަން އަވަސް ކަމުގައި ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގެ ސިއްޙީ އޮފިޝަލަކާއި ހަވާލާދީ އެވަގުތު ހޮސްޕިޓަލުގައި ހުންނެވި ފަރާތަކުން މަޢުލޫމާތު ދިނެވެ. އަދި މިހާދިސާގައި އެކްސިޑެންޓްވި ކާރާއި ސައިކަލަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މިހާދިސާ ފުލުހުން ދަނީ އިތުރަށް ތަހުޤީގު ކުރަމުންނެވެ.
ތިނަދޫގެ ކުނީގެ މައްސަލައަށް ޙައްލެއް ހޯދުމަށް ކުރާ މަސައްކަތް
ކުނީގެ މައްސަލައަކީ ތިނަދޫއަށް ދިމާވެފައިވާ ވަރަށްބޮޑު މައްސަލައަކަށްވާއިރު "ތިނަދޫ ސާފް ކުރުން"، މި ޝިޢާރުގެ ދަށުން މަތިދެކުނު ޕްރޮވިންސް އޮފީހުގެ އެހީތެރިކަމާއިއެކު، ތިނަދޫގެ ކުނިއަންދާ ސަރަޙައްދު ސާފްކޮށް ހެދުމުގެ މަސައްކަތް ފެށިގެން ވަރަށްބާރަށް ކުރިއަށް އެބަދެއެވެ. އެގޮތުން މިދިޔަ ބުދަދުވަހު ފެއްޓި މިމަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ 80 އިން ސައްތަ މަސައްކަތް މިހާރު ނިމިއްޖެކަމަށް ތިނަދޫގެ ކައުންސިލަރ އަލްފާޞިލް މުޙައްމަދު ޒާޙިރު ވިދާޅުވިއެވެ. މީގެތެރޭގައި ދަގަނޑާއި، ޕްލާސްޓިކް އަދި ހަލާކުވާ ޒާތުގެ އެއްޗިއްސާއި ވަކަރުކުނޑި ފަދަ ޒާތުގެ އެއްޗެހި އެއްބާވަތް އަނެއްބާވަތާއި މުޅިން ވަކިކޮށް ކުނިކޮށީގައި ކޮންމެ ބާވަތަކަށް ބައެއްހެދޭނެކަމުގައި ތިނަދޫ އޮފީހުން މަޢުލޫމާތުދެއްވިއެވެ.
ކޮންމެބަޔަކުމެ އެބަޔެއްގެ ޒިންމާތަކުން ރެކެނީ ކީއްވެގެންބާ؟
-ހަސަން-
އިޖްތިމާޢީ ޒިންމާ އަކީ މުޖުތަމާއުގައި ހިމެނޭ އެކިއެކި ބައިތަށް ކަމާށްވާ ސަރުކާރާއި، ރައްޔިތުންނާއި، ވިޔަފާރިވެރިންނާއި، ޖަމުޢިއްޔާ ޖަމާޢަތްތަކާއި އެހެނިހެން މުއައްސަސާތަކާއި ފަރާތްތަކުގެ އިތުރުން ފަރުދުންގެ ޙައިސިއްޔަތުން މުޖުތަމަޢަށް އަދާކުރަންޖެހޭ ސުލޫކީ އަދި ތަފާތު ފިކުރުތަކެއްގެ މަށްޗަށް އެކުލެވިގެންވާ މަސްޢޫލިއްޔަތެކެވެ.
އިޖްތިމާޢީ ޒިންމާ އަކީ މުޖުތަމާއުގައި ހިމެނޭ އެކިއެކި ބައިތަށް ކަމާށްވާ ސަރުކާރާއި، ރައްޔިތުންނާއި، ވިޔަފާރިވެރިންނާއި، ޖަމުޢިއްޔާ ޖަމާޢަތްތަކާއި އެހެނިހެން މުއައްސަސާތަކާއި ފަރާތްތަކުގެ އިތުރުން ފަރުދުންގެ ޙައިސިއްޔަތުން މުޖުތަމަޢަށް އަދާކުރަންޖެހޭ ސުލޫކީ އަދި ތަފާތު ފިކުރުތަކެއްގެ މަށްޗަށް އެކުލެވިގެންވާ މަސްޢޫލިއްޔަތެކެވެ.
އިޖުތިމާޢީ ޒިންމާ އަކީ ޤާނޫނަކުން ނުވަތަ އެހެންވެސް އެފަދަ ޤަރާރަކުން ކަނޑައެޅިފައި ނުވާ، އެހެންމަނަވެސް އެކި ގޮތްގޮތުން މުޖުތަމާޢުގައި ހިމެނޭ މީސްތަކުންނާއި ހަވާލުވެވޭ ޒިންމާއެކެވެ. އެހެންކަމުން މި ޒިންމާ އަކީ ކޮންމެ މީހަކަށްމެ ފަސޭހައިން ރެކިދާނެ ޒިންމާއެކެވެ. ނަމަވެސް ދުނިޔޭގެ ގިނަ ޤައުމުތަކުގައި މިފަދަ ބައެއް ޒިންމާތަށް އެޤައުމުގެ ޤާނޫނުން ކަނޑައެޅިފައި ހުންނަކަން ފާހަގަކޮށްލެވެއެވެ. ސުލޫކީ ކަންކަން ޤާނޫނުން ސިފަކޮށްދޭ ޤައުމުތަށް ވަރަށްވެސް މަދުވާނެއެވެ. ނަމަވެސް ކަމުގެ މުހިންމުކަން އެ ޤައުމެއްގެ ރައްޔިތުންނަށް އަންގާދިނުމުގެ ބޭނުމުގައި މިފަދަ މާއްދާތަށް ޤާނޫނުންވެސް ފެންނަށް ހުރެއެވެ. މިސާލަކަށް ސިންގަޕޫރު ފަދަ ޤައުމުތަކުގައި އަޙްލާގާއި ސުލޫކީ މިންގަނޑުތަށް ބަޔާންކޮށްދޭ މާއްދާތަށް ހިމެނެއެވެ. އަދި އެމެރިކާގެ ވަކި ސްޓޭޓް ތަކަށް ހެދިފައި ހުންނަ "ސްޓޭޓް ލޯ"ގައި މިފަދަ މާއްދާތަށް ހުންނަކަން ފާހަގަކޮށްލެވެއެވެ. މިގޮތުން މަގުމަށްޗަށް ކުނި އެޅުމާއި ބައެއްކަހަލަ ޕަބްލިކް ޕާކްތަކަށް ވަންނައިރު ހެދުން އަޅަންޖެހޭ ގޮތުން ފެށިގެން މުސްކުޅިން މަގު ހުރަސްކުރާވަގުތު އެމީހާއަށް އެހީނުވެ ބަލަން ހުންނަ މީހާ ޖޫރިމަނާކުރުން ފަދަ ކަންތައް ބަޔާންކޮށްފައިވާ މާއްދާތަށް މިދެންނެވި ބައެއް ޤާނޫނު ތަކުގައި ހިމެނެއެވެ.
ޤައުމެއްގެ ޤާނޫނުގައި މިދެންނެވި ސުލޫކީ އަދި އަޙްލާޤީ މިންގަނޑުތައް ބަޔާން ކުރިއަސް ނުކުރިއަސް އަޅުގަނޑުމެން އެންމެން ތަބާވާ އިސްލާމީ ޤާނޫނުގައި މިކަން ވަރަށް ފުރިހަމަޔަށް ބަޔާން ކޮށްދީފައިވެއެވެ. މައިންބަފައިންނަށް ކިޔަމަންތެރި ވުމާއި މުސްކުޅިންނާއި ޔަތީމުންނަށް އިޙްތިރާމްކުރުމާއި މީހުން އެއްވެ އުޅޭތަންތަނުގައި ތިމާގެ އަމަލު ބަހަށްޓަން ވީގޮތް އިސްލާމް ދީނުގައި ވަނީ ކަނޑައަޅާފައެވެ. ބަޔަކު ހާލުގައި ޖެހޭއިރު ދެންތިބޭ މީހުންގެ މައްޗަށް އެހީތެރިކަން ފޯރުކޮށްދިނުން ލާޒިމް ވުމާއި ތިމާއަށް މާތްﷲ ދެއްވި ޢިލްމު އެހެން މީހުންނަށް ކިޔާނުދޭ މީހާއަށް ފާފަ ވާނެކަމަށް އިސްލާމް ދީނުގައި ހާމަވެގެން ފެންނަން އޮތްކަމީ އަޅުގަނޑުމެންނާއި ބޮޑެތި ޒިންމާތަކެއް ހަވާލުވެފަ ހުރިކަން ކަށަވަރުވާ ކަމެކެވެ. ސުވާލަކީ ޢިޖުތިމާއީ ޒިންމާ އަކީ އަދިވެސް އަޅުގަނޑުމެންނަށް ރެކިދާނެ ކަމެއްހޭ؟؟؟
އަޅުގަނޑުމެންގެ މުޖުތަމައުގެ ގިނަ ތަނބުތަކެއް އެ ތަނބުތަކުގެ ޒިންމާ ފުރިހަމަޔަށް އަދާނުކުރެވުމުގެ ސަބަބުން މުޅި މުޖުތަމަޢު ފުނޑުފުނޑުވާތަން ފެންނަނީ މަދުންނެއް ނޫނެވެ. އެންމެ އާދައިގެ ނިކަމެތި މީހާގެ ފަޤީރު ފޮށާއިން ފެށިގެން ޤައުމުގެ ވެރިކަމުގެ ސަންދާނާއި ހަމަޔަށް ބެހިގެން ގޮސްފައިވާ ޒިންމާތައް އަދާނުވުމުން މުޖުތަމަޢުގެ ފޭރާން ނެތިދާކަމީ އާވާހަކައެއް ނޫނެވެ.
ވެރިކަމުގެ ބާރުތައް ވަކިކޮށް، މިނިވަން މުއައްސަސާ ތަކާއިއެކު އަޅުގަޑުމެންގެ ޑިމޮކްރެސީގެ ޙަޔާތް ފެށިގެން އުޅޭއިރު، ޅަފަތުގައި ފެންނަން ނުވާ އެތަކެއް ކަމެއްގެ ތެރޭގައި ކޮންމެ ބަޔަކުމެ އެބަޔެއްގެ ޒިންމާއިން ރެކޭކަން ވަކިން ފާހަގަ ކޮށްލެވެއެވެ. އެއްބަޔަކު އަނެއްބަޔަކު ބޮލުގައި ކަންތައް އެޅުވުމާއި އެއް މުޢައްސަސާއި އާއި އަނެއް މުޢައްސަސާގެ މައްސޫލިއްޔަތު ތަޢާރަޒުވުމާއި ޤާނޫނާއި ޤަވައިދުތައް އެކަތި އަނެކައްޗަށް ފުށުންއެރުމުގެ ސަބަބުން ކޮބައީ ކާކު ޒިންމާއެއްކަން ނޭގޭކަމީ ކަންބޮޑުވާންޖެހޭ ކަމެކެވެ.
ނަމަވެސް ޤާނޫނެއް ޤަވައިދެއް އަދި ދުސްތޫރީ ނުވަސަ ސިޔާސީ ނިޒާމްތަކެއް ކަނޑައެޅިފައި ނެތްކަމުގައި ވިޔަސް، އިންސާނުންނަށް ވީތީ ތަބާވަން ޖެހޭ ގޮތްތަކަކާއި އިސްލާމުންނަށް ވީތީ ތަބާ ވާންޖެހޭ ގޮތްތަކަކާއި ފޮތްތަކެއް ވެއެވެ. ނަމަވެސް އަޅުގަޑުމެންނަށް އިސްފަސް އޮޅުވާލެވި އެންމެ ފުރަތަމަ ބެލެނީ ޤާނޫނު އަސާސީ އަށެވެ. އޭގެ ފަހުން ދީނުގެ ހަމަތަކަށެވެ. އެހެންކަމުން ނުކުޅެދޭ ޤާނޫނެއްގެ ހިޔާވަހިކަމުގައި އެންމެން މިތިބީ ވިއްސި ވިހާލި ވެފައެވެ.
އާދެ! ދިވެހިރާއްޖޭގެ ޖުމްޙޫރިއްޔާގެ ޤާނޫނު އަސާސީ ނުކުޅެދެނީ އެއަށް ބޭނުންވާ އެހެނިހެން މާއްދާތަށް ނެހެދިގެންނެވެ. އެއީ އަލާށް އިންތިޙާބު ކުރެވުނު ރައްޔިތުންގެ މަޖިލީހުގެ ޒިންމާއެވެ. ނަމަވެސް އިޖްތިމާޢީ ޙާލަތު ހަނދާންނައްތާލާފައި އެޒިންމާއިނެ އެ އިއްޒަތްތެރި މެމްބަރުން ރެކެނީ ކޮންމެވެސް ސިޔާސީ ފައިދާއަކަށެވެ. އެ އިއްޒަތްތެރި މެމްބަރުން ޒިންމާދާރުކުރުވުމުގެ ބޮޑު ޒިންމާ ބޮލުގައަޅައިގެންތިބި ރައްޔިތުންވެސް އެމީހުންގެ ޒިންމާއިން ރެކެނީއެވެ. ފަހަރެއްގައި އެއީ ޑިމޮކްރެސީގެ ޅަފަތުގައި ވީމަކަމަށް ވެދާނެއެވެ. ނޫނީ ޒިންމާދާރުކުރުވުމަށޭ ކިޔާފަ ގަންނަހާ ހަޑިމުޑުދާރު ސަކަރާތުގެ ސަބަބުން ކަމަށްވެސް ވެދާނެއެވެ.
ވިޔާފާރިވެރިންނާއި މަދަނީ ޖަމިއްޔާ ޖަމާޢަތްތކުންވެސް އެބައި މީހުންގެ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި ނޭގޭ ކަމުގައި ޤަބޫލުނުކުރެވެއެވެ. މުޅިމުޖުތަމަޢު ފަނާވެގެންދާ އިރުވެސް ގިޓާ ހިފާލާފައި ލަވަކިޔަން ތިބޭ މަދަނީ ފަރާތްތައް މަދެއްނޫނެވެ. އެމީހުންނަށް އެކަމުގައި އެހީތެރިވެދެން އޮތްކަން އިގޭއިރުވެސް އަދި އެއީ އުސޫލެއްގެ ގޮތުން އެމީހުންގެ ޒިންމާއެއްކަން އިނގޭއިރުވެސް އެކަމުން ރެކެނީ އެކުރެވެނީ ކިހާވަރެއްގެ ކުށެއްކަން ނޭގޭތީބާއޭ ހިތަށްއަރައެވެ. ވިޔަފާރިވެރިން އެމީހުންގެ ވިޔަފާރިންލިބޭއެއްޗަކަށް އެއީ ވިޔަފާރީގެ މަންފާގެ ބަދަލުގައި ވިޔަފާރީގެ ފައިދާއޭ ކިޔަނީ އޭގެއިން އެއްވެސް އެއްޗެއް މުޖުތަމަޢުގެ ކަމަކަށް ޚަރަދުނުކުރުމުގެ ނިޔަތުގައެވެ. މުޖުތަމަޢުގެ ފޭރާން ދެމެހެއްޓޭނީ ހުރިހާ ފަރާތްތަކުންވެސް އެކަމަށް ސަމާލުވެގެން، ކޮންމެ ބަޔަކުމެ އެބަޔެއްގެ ޒިންމާ ފުރިހަމަޔަށް އަދާކޮށްގެންކަން އިނގޭ ޙާލު އަޅުގަނޑުމެންނަށް އެ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާކުރެވޭތޯ ކަމާއި މެދު، ހަމަ ކޮންމެ މީހަކުމެ އަދި ކޮންމެ ފަރާތެއްމެ ސުވާލު ކޮށްލުމަކީ ރަނގަޅުކަމެއްކަންނޭގެއެވެ.
ތިނަދޫގެ ޒުވާނުން އިސްނަގައިގެން ތިނަދޫ ބޯޅަދަނޑު ލެވެލްކޮށް ކާޕެޓް ވިނަ އިންދަނީ
ގދ ތިނަދޫގެ ޒުވާނުން އިސްނަގައިގެން ތިނަދޫ ރަސްމީ ބޯޅަދަނޑުގައި ކާޕެޓް ވިނަ އިންދުމުގެ މަސައްކަތް ވަރަށްވެސް ކާމިޔާބު ކަމާއިއެކު ކުރިއަށް އެބަދެއެވެ. 29 ޑިސެމްބަރ 2009 ގައި ފެއްޓި މިމަސައްކަތުގައި މިހާތަނަށް މުޅި ދަނޑުގެ ފަސްގަނޑު ލެވެލްކޮށް ދަނޑުގެ 80 އިން ސައްތަ ސަރަހައްދެއްގައި ވަނީ ވިނަޖެހިފައެވެ.
މި މަސައްކަތަކީ ފުޓުބޯޅައަށް ލޯބިކުރާ އަދި ޤައުމީ ފެންވަރުގައި ތަފާތު ގިނަ ރަންވަނަ ތަކެއް ހޯދައިފައިވާ ހުނަރުވެރި ފުޓުބޯޅަކުޅުންތެރިން އުޅޭ ތިނަދޫގެ ޒުވާނުން އަމިއްލަޔަށް އިސްނަގައިގެން ކުރަމުންގެންދާ މަސައްކަތެކެވެ. މިކަމުގައި އިސްކޮށް އުޅުއްވާ ފަރާތެއްކަމަށްވާ އިބްރާޙިމް އަޒުޙަރު (ކައިންޑޭ) ބުނި ގޮތުން މިކަން ފެށެން ދިމާވި ސަބަބަކީ ދަނޑުގެ ފަސްގަޑުގައި އަޑިގުޑުންތަށް ގިނަވުމުން ކުޅެން އުދަގޫވެގެން އެއްދުވަހު ކައިރި ގެޔަކުން އުދައްޔަކާއި ބަރޯއެއް ގެނެސްގެން ކުޑަތަންކޮޅެއް ލެވެލް ކުރުމުން މުޅި ދަނޑުވެސް ލެވެލްވާނެކަމަށް ފެނުމުން ކަމަށެވެ.އެގޮތުން ޒުވާން ކުޅުންތެރިންގެ ތެރޭގައި މިކަމާއި މަޝްވަރާކުރެވި ރަށު ކައުންސިލަރ އަލްފާޞިލް މުޙައްމަދު ޒާހިރުއާއި މަޝްވަރާކުރުމުން ރަށުކައުންސިލަރ މިކަމުގައި ވަރަށްވެސް ފުރިހަމަ އިޖާބައެއް ދެއްވައި މިކަމުގައި ވެވެން އޮތް ހުރިހާ އެހީއެއް ވެދެއްވި ކަމަށް އަޒުހަރު ބުންޏެވެ. އެއާއި އެކު ތިނަދޫ މަގު ހަދާ ޔުނިޓްގެ އުޅަދުތަކުގެ އެހީގައި މުޅި ދަނޑުން ފަސް ނަގައި އަލުން އެފަސް އަޅައި ފަސް ބާރުކޮށް ލެވެލް ކުރެވުނެވެ.
ދެން ކާޕެޓް އިންދާ ޚިޔާލު އައީ ލެވެލް ކުރިފަހުން ކަމަށް އަޒުހަރު ބުންޏެވެ. ހުރިހާ ކުޅުންތެރިންވެސް އެގޮތަށް އެއްބަސް ވެގެން ކާޕެޓް އިންދީ އެއީ އެކަންކުރަން އެންމެ ރަގަޅު ވަގުތުކަމަށާއި އެ ކަމުގެ ސަބަބުން ފަހުން ފައިދާވާނެ ކަމަށް ފެނިގެން ކަމަށްވެސް އަޒުހަރު ބުންޏެވެ. މިގޮތުން މިހާރު މި ދަނޑުގައި އެއްކޮށްކަހަލަ ގޮތަކަށް ވަނީ ކާޕެޓް ވިނަ އިންދިފައެވެ. މިހާރު ވިނަތަކަށް ފެންދެމުން ގެންދަނީ ކުރީގެ ރީޖަނަލް ފަޔަރ ސާވިސަސްގެ އުޅަދަކުންނެވެ. ނަމަވެސް އޭގެއިން ފަހަރަކު ފެން ދެވެނީ ދަނޑުގެ ކުޑަ ސަރަހައްދަކަށް ކަމަށާއި އެއީ ވަރަށް އުދަގޫ ކަމެއްކަމަށް އަޒުހަރު ހާމަކުރިއެވެ. މުސްތަޤުބަލުގައި ވަޅުތަކެއް ބަހައްޓައިގެން ފެން މޯޓަރ ގުޅައިފައި ހޮޅިލައިން އަޅައިގެން ފަސޭހައިން ފެންދެވޭނެ ނިޒާމެއް ޤާއިމް ކުރުމަށްއެދި އެކި ފަރާތްތަކަށް ހުށަހަޅާނޭކަމަށް އަޒުހަރު ބުންޏެވެ.މިކަން ކުރުމުގައި އެކިގޮތްގޮތުން ވަރަށްގިނަ ފަރާތްތަކުން ވަނީ އެހީތެރިކަން ލިބިފައެވެ. އެގޮތުން ތިނަދޫ އޮފީހާއި ތިނަދޫ މަގުހަދާ ޔުނިޓްގެ އިތުރުން ކާޑެއްދޫ އިން މިކަމުގައި ވަރަށް ބޮޑު އެހީތެރިކަމެއް ދީފައިވެއެވެ. މީގެ އިތުރުން މަސައްކަތުގަ އުޅޭ ފަރާތްތަކަށް ރަށުގެ އަމިއްލަ ފަރުދުންގެ ޙައިސިއްޔަތުން ސަޔާއި ފެނާއި އަދި މިނޫންވެސް އެހީތެރިކަން ފޯރުކޮށްދިން ފަރާތްތައްވެސް މަދެއްނޫނެވެ. މިކަމަކީ ކުރިންވެސް ދެންނެވުނުހެން ތިނަދޫގެ ހުރިހާ ފުޓުބޯޅަކުޅުންތެރިން އިސްނަގައިގެން ކުރިކަމަކަށްވާތީވެ މި ހުރިހާ ކުޅުންތެރިންވެސް މިކަމުގައި އަމަލީގޮތުން ވަނީ ބަިވެރިވެފައެވެ.
ތިނަދޫގައި ފަހަކަށްއައިސް މިފަދަ ގިނަ އިޖްތިމާޢީ ޙަރަކާތްތަށް ފެންނަމުން ދެއެވެ. މިކަމުގެ ސިއްރަކީ އެއި އެކި ފަރާތްތަކުގެ ދެމެދުގައި އޮންނަ ގުޅުމާއި ތަރައްޤީ ޙާސިލްކުރަން ހުންނަ އަޒުމްގެ ވަރުގަދަވުންކަމާއިމެދު އެއްވެސް ޝައްކެއް ނެތެވެ. މިފަދަ ކެރޭ ހީވާގި އަމިއްލަޔަށް އިސްނަގަންދަންނަ ޒުވާނުންނަށް ބޭނުންވަނީ އެހެން ފަރާތްތަކުން އަގުވަޒަންރުމާއި ދީލަތި އެހީތެރިކަމެވެ.ތިނަދޫގައި ދުއްވާފައިދިޔަ ސައިކަލެއްގެ ފަހަތުގައި އިން ޒުވާނަކު ސައިކަލުންވެއްޓި ލިބުނު އަނިޔާގެ ސަބަބުން މަރުވެއްޖ
އަޙުމަދު މުޙައްމަދު (1990ން 2010)
ގދ ތިނަދޫގައި ރޭ ގައިގަޑަކަށް 08:30 ކަންހާއިރު ބާރަށ ދުވެއްޔެއްގައި ދުއްވާފައި ދިޔަ ސައިކަލެއްގެ ފަހަތުގައި އިން ޒުވާނަކު ވެއްޓި ބޮލަށް ލިބުނު ސީރިއަސް ގެއްލުމަކާއިހެދި މިއަދު ހެދުނު 11 ކަންހާއިރު މަރުވެއްޖެއެވެ.ގދ ތިނަދޫ ތަރާވީސް އުމުރުން 19 އަހަރުގެ އަހުމަދު މުހައްމަދު ވެއްޓެން ދިމާވި ސަބަބެއްކަމަށް ފަހަތުން އައި އެހެން ސައިކަލެއްގައިން އިން ފަރާތަކުން ބުނަނީ ގދ ގައްދޫ މިނިވަން އައްސޭރި އަހުމަދު ހާޝިމް (ސައިކަލް ދުއްވަން އިން ކުއްޖާ) ދުއްވަމުންދިޔަ ވަގުތު އަހުމަދު މުހައްމަދު މަޑި މައްޗަށް ތެދުވާން އުޅެނިކޮށް ކަމަށެވެ. ނަމަވެސް ދުއްވަން އިން އަހުމަދު ހާޝިމް ބުނަނީ އެ ޚާދިސާ ހިގަން މެދުވެރިވީ އަހުމަދު މުހައްމަދުއަށް ފޯނެއް އައިސްގެން ފޯނު ނަގަންވެގެން ކުޑަކޮށް ތެދުވި ގަޑީގައި ކަމަށެވެ.
ތިނަދޫ އަލަށް ހިއްކި ހިސާބުގައި ގްރީން އޭރިޔާގެ އުތުރުންް އޮންނަ މަގުން ހުޅަގުން އިރަށް ދުއްވާފައި އަި މިސައިކަލުން އަހުމަދު މުހައްމަދު ވެއްޓުނީ އެމަގާއި ބާބާ ރެސްޓޯރަންޓް އިންނަ މަގާއި ގުޅޭ ގޯޅީގެ ތަންކޮޅެއް އިރުންނެވެ. ރޭ އަހުމަދު މުހައްމަދު ވަނީ ތިނަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށްޓާފައެވެ. ނަމަވެސް ހާލު ދެރަކަމުން އިތުރަށް ފަރުވާދޭން މާލެގެންނަށް ޑޮކްޓަރުން ލަފާދިން ކަމަށާއި ނަމަވެސް އިމަޖެންސީކޮށް ފަރުވާދޭން މާލެ ގެންނަށް ޗާޓަރު ފްލައިޓެއް ނުލިބުނުކަމަށް ހަވަރުއޮންލައިނަށް މަޢުލޫމާތު ލިބުނެވެ. ޑޮކްޓަރުންނާއި ހަވާލާދީ އޭނާގެ ރައްޓެއްސެއް ބުނީ އޭނާ މަރުވީ ބޮލަށް ލިބުނު ގެއްލުމަކުން ސިކުޑިއަށް ލޭ އެޅިގެންކަމަށެވެ.
އަހުމަދު މުހައްމަދުއަކީ ބޭންކް އޮފް މޯލްޑިވެސް ތިނަދޫ ބްރާންޗްގައި މަސައްކަތްކުރަމުންދާ މީހުންނާއި ގުޅޭ މިޒާޖެއްގެ ޒުވާނެކެ. މާތްﷲ އަހުމަދު މުހައްމަދުގެ ފުރާނަޔަށް ރަޙުމަތް ލަށްވާށި...
Subscribe to:
Posts (Atom)










