މާތްﷲގެ ޙަޒުރަތުން އެ ކުށަކަށް މަޢާފް ނުލިބޭ ހަމައެކަނި ކުށަކީ އެކަލާންގެއާއި ޝަރީކަކުޅައުމެވެ. ދެން ޖެހިގެން އަންނަނީ ދެބައެޑުވުމެވެ. ނުވަތަ ދޭތެރެ ޖައްސައި އެހެން މީހުންގެ ނަފްސުލް ޒީނަތް ނަގާލުމެވެ. މިކުށަށް ތަބާވެ މާތްﷲގެ ހަޒުރަތުގައި މަޢާފަށް އެދުނަސް އަދި އެކުށަށް އެކަލާންގެ މަޢާފްނުދެއްވައެވެ. އެހެނީ އެއީ އެހެންމީހެއްގެ ހައްޤަކަށް އަރައިގަތުމުން އެމީހާގެ ހިތްހަލާލް މިކަމުގައި ބޭނުންވާތީވެއެވެ.
ކޮންމެއަކަސް ދޮގުހެދުމާއި ދޭތެރެޖެއްސުން ވަނީ އަޅުގަނޑުމެން ތަބާވާ މާތް އިސްލާމްދީނުގައިވެސް ނަހީކުރެއްވި އެންމެ ބޮޑެތި ކަންތަކުގެ ލިސްޓުގައި ހިމެނިފައެވެ. ބައެއްފަހަރު ދޮގު ހެކިދޭ މީހުންނާއި ދޭތެރެ ޖައްސައި އެހެން މީހުންގެ މުޅިދިރިއުޅުން ހަލާކުކޮށްލާ މީހުންނަށް ޤާނޫނީގޮތުން ތަންކޮޅެއް ބޮޑު އުޤޫބާތެއް ދެވޭނަމައޭ ހިތަށް އަރައެވެ.
މުޖުތަމަޢުން މިހާރަކަށް އައިސް ދޮގުވާހަކަ ހަދައިގެން ދެއްކުމާއި އަނެކާގެ އަބުރާއި ޝަރަފު ނަގާލުން މިވަނި ލިޔުންތެރިންނަށް މިސްރުން ގެންނަ ތުނޑުކެޑި ގަލަމުން ލިޔެލާ އޮމާން ފަށުވި ޚިޔާލީ ވާހަކައަކަށް ވެފައެވެ. އަދި ކިޔުންތެރިންނަށް ވަސްމީރު މާމެލާމެލިން ފުރިފައިވާ ގުލްޒާރެއްފަދަ ހިތަށް ފިނިކަންގެނެސްދޭ ރޯޅިއަކާށް ވެފައެވެ. ފާރިސީން ކިޔާ "ސިވިލައިޒް" ވުމަކީ މީކަމަށް ދިވެހީންނަށް ހީވަނީތޯއްޗެވެ. "ޗަކޮޔާ މިއީ އޫރަޕެއް ނޫނޭ!" އެމީހުންގެ ސަޤާފަތާއި އަހަރުމެން އުޅޭ ސަޤާފަތާއި ދީނާއި އުސޫލުތަށްވެސް ތަފާތެވެ.
ގިނަ ފަހަރަށް މީހުންގެ އަބުރާއި އިއްޒަތް ނަގާލާފަދަ ކަންތަށް ފެންނާނީ ސިޔާސީ މައިދާނުގައެވެ. ވާނީވެސް އެހެންތާއެވެ. އަނެކާގެ ބޮލުގައި ފައިންޖަހާފައިނޫންގޮތަކަށް ކުރިއަށްދާން ނޭގޭ މީހުން އެންމެ ގިނައީ އެމައިދަނުގައެވެ. އަދި ދީނާއި ސަޤާފަތާއި ނުވިތާކަށް އާޢިލާވެސް އެމީހުންގެ އެދުމަށްޓަކައި ގުރުބާންކުރަން ތައްޔާރަށް ތިބި ބަޔަކު ތިބީވެސް ހަމަ އެ މައިދާނުގައެވެ. އަމިއްލަ މީހާ ނަޖިހުން ފޯވެގެންހުރެ އަނެކާއާއި ދިމާލަށް އިނގިލި ދިއްކުރާ މީހުންވެސް އެންމެ ގިނަވާނީ އެ މައިދާނުގައެވެ.
ސިޔާސީ ގޮތުން ކުރި ހޯދުމަށާއި ޚިޔާލު ވިއްކަން ނުވަތަ ބަހުސްއަކުން ނުކުތާއެއް ހާމަކޮށްދޭން މި މުޖުތަމަޢުގައި ޒާތާއި ބެހުމަކީ ނުމެނުވާނެ އާދައެކެވެ. ގަޔަށް ބޮލަށް ނާރާކަން ނަސީބެވެ. މިއުޅޭ ސިޔާސަގެރިންގެ ކުޅޭކުޅިގަޑު ސުލޫކީ މިންގަޑެއް ނެތުމަކީ އެމީހުންގެ ހަށްޓަށް ލުޔެއްނުލިބޭ ސަބަބެވެ. މަޢާފް ކުރަށްވާށެވެ! ބަޔެއްގެ އަބުރާއި ބެހެނީކީ ނޫނެވެ. އެކަމަކު މުޅިމުޖުތަމަޢުވެސް އެ މީހުންގެ ސިޔާސަ އަމަލުތަށް ހަރުއަޑުން ކުށްވެރި ކުރާނެއެވެ.
ކުރިމަތިވަމުން މި އަންނަނީ ދިވެހިރާއްޖޭގެ ހިންގުން ލާމަރުކަޒީ އުސޫލުން ހިންގަންވެގެން ރައްޔިތުންގެ މަންދޫބުންތަށް ޤާނޫނު ބުނާގޮތުގެ މަތީން ރައްޔިތުން ތަމްސީލުކުރާ ގޮޑިތަކަށް އިންތިޙާބްކުރުމަށް ނެގޭ ވޯޓުގެ ދުވަސްވަރާއެވެ. އެއްވެސް މީހަކަށް އޮލިފައި ނޯންނާނެފަދައި މިއީ އެކަކު އަނެކަކުގެ ގައިން މަސްކެއުން އެންމެ ބޮޑުދުވަސްކޮޅެވެ. އެހެން ގޮތަކަށް ދަންނަވާނަމަ "މިނިކާ ރާއްޖޭ" ފެނިގެންދާ ދުވަސްވަރެވެ. ކެޔޮޅާ ބޭބޭ ދޫންޔާ އެވެ. މިނިކާ ރާއްޖޭ ގަސްކަރަ އެހާ އަމާނެއް ނުވާނެއެވެ. ބަލާފަ އަންނަން ދާނެކަމެއްނެތެވެ. ދަންމާނަށް ދޫކޮށް ހޭރިޔާކޮށްލަންވީ މުޖުތަމަޢުގެ ހަމަޖެހުމާއި އެހެންމީހުންގެ އަބުރާއި އިއްޒަތު ރައްކާތެރިކުރުމަށެވެ. މާކަނޑުގައި ހިތްތްވަރުކޮށްފައި އަޅުގަނޑުމެންގެ އުޅަދު ނާމާންކަމުގެ ތެރެއަށް ފެތުނަނުދޭންށްވެ. ދޭތެރެ ޖައްސާހަދާމީހުން އަދި ޅައީއެވެ. ބޮޑުވީމް "އޯކޭ" ވާނެތޯއްޗެ.